Advertisement

އިންޓަ މިއާމީގެ ކޯޗަކަށް މަޝެރާނޯ ހަމަޖައްސައިފި

27 ނޮވެންބަރު 2024 - 09:31 0


އިންޓަ މިއާމީގެ ކޯޗަކަށް މަޝެރާނޯ ހަމަޖައްސައިފި

27 ނޮވެންބަރު 2024 - 09:31 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 27) - ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ އިންޓަ މިއާމީގެ ކޯޗަކަށް އާޖެންޓީނާގެ ހަވިއޭ މަޝެރާނޯ ހަމަޖައްސައިފި އެވެ.

އިންޓަ މިއާމީގައި އެންމެ ފަހުން ހުރީ ވެސް އާޖެންޓީނާގެ ކޯޗެވެ. އެއީ، ޖެރާޑޯ މާޓީނޯ އެވެ. އޭނާ ވަނީ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ މި ސީޒަނަށް ފަހު، އިންޓަ މިއާމީ އިން ވަކިވެފަ އެވެ.

މެސީއާ އެކު، އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފައިވާ މަޝެރާނޯ ކޯޗިން ކެރިއަރުގައި މިއީ ކްލަބަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އޭނާ އަށް އިންޓަ މިއާމީގެ ކޯޗުކަން ދީފައިވަނީ، 2027 ވަނަ އަހަރުގެ އެމްއެލްއެސް ސީޒަނުގެ ނިޔަލަށެވެ.

މަޝެރާނޯގެ ކޯޗިން ކެރިއަރު ފެށުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު އެވެ. އެ ޓީމާ އެކު، މަޝެރާނޯ ވަނީ ގިނަ މުބާރާތްތަކެއްގައި މަސައްކަތްކޮށްފަ އެެވެ. އޭގެ ތެރޭގައި، މި އަހަރުގެ އޮލިމްޕިކްސް، 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް، 2022 ވަނަ އަހަރުގެ ސައުތު އެމެރިކަން ގޭމްސް، މިދިޔަ އަހަރުގެ ސައުތު އެެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން، މި އަހަރުގެ އޮލިމްޕިކްސްގެ ކުރިން ދެކުނު އެމެރިކާގައި ބޭއްވި ޕްރީ ޓޯނަމަންޓް ހިމެނެ އެވެ.

ފަނަރަ އަހަރަށް ވުރެ ދިގު މުއްދަތަކަށް އެންމެ މަތީގައި ފުޓްބޯޅަ ކުޅުނު މަޝެރާނޯ ވަނީ ކްލަބް ލެވަލްގައި ލިވަޕޫލާއި ބާސެލޯނާގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފަ އެވެ.