Advertisement

ދެކުނު ދަތުރަށް ފަހު، ރައީސް އުތުރުގެ އަތޮޅުތަކަށް ފުރާވަޑައިގަންނަވަނީ

24 ފެބުރުވަރީ 2024 - 11:57 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: މިއަދު މެންދުރު ފަހު، އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ފުރާވަޑައިގަންނަވާނެ -- ފޮޓޯ: ރައީސް އޮފީސް


ދެކުނު ދަތުރަށް ފަހު، ރައީސް އުތުރުގެ އަތޮޅުތަކަށް ފުރާވަޑައިގަންނަވަނީ

24 ފެބުރުވަރީ 2024 - 11:57 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އުތުރުގެ ހަތަރު އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވާނެ އެވެ.

އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ނ. އަތޮޅުގެ އިތުރުން ށ. އަތޮޅަށެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ މި ދަތުރުފުޅު ފައްޓަވާނީ މިއަދު މެންދުރު ފަހު ކަމަށެވެ. މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި ވީނަމަވެސް، ހަލީލު ވިދާޅުވީ އެއީ އެކަމާ ގުޅުންހުރި ދަތުރުފުޅެއް ނޫން ކަމަށެވެ. ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މިއަދު އުތުރުގެ ރަށްތަކަށް ފައްޓަވާ ދަތުރުފުޅުގެ މުއްދަތަކީ ހަލީލު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހެވެ.

ރައީސް ދެކުނުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އައްޑޫ، ފުވައްމުލައް، އަދި ހުވަދު އަތޮޅަށް ކުރެއްވި އެ ދަތުރުފުޅުގައި، ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ މެންބަރުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި ގދ. އަދި ގއ. ގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން އެމަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.

އެ ދަތުރުފުޅުގައި އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ ފަހުމުނާމާގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތާއި ތިނަދޫ އަދި ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓުތަކެއް އެޅުމުގެ ފަހުމުނާމާގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.