Advertisement

ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކުކޮށްފި

23 ފެބުރުވަރީ 2024 - 21:45 0


ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކުކޮށްފި

23 ފެބުރުވަރީ 2024 - 21:45 0

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ރަސްމީ ވެބްސައިޓު ހެކުކޮށް އިންޒާރު ދީފި އެވެ.

ވެބްސައިޓުގެ ފްރޮންޓް ޕޭޖުގައި ހެކު ކުރުމަށް ފަހު އާންމުކުރި ފޮޓޯގައި އެ ކަމުގެ ޒިންމާ ނަގާފައިވަނީ "އިންޑިއަން ސައިބާ ފޯސް" އިންނެވެ. އެ ފޮޓޯގައި ވަނީ ރާއްޖެއަށް އިންޒާރު ދީފަ އެވެ.

އެގޮތުން, އެއީ ރާއްޖޭން "އިންޑިއާ އާ ދެކޮޅަށް" ކުރާ ކަންކަމުގެ ރައްދެއްގެ ގޮތުން ކުރި ކަމެއް ކަމަށާއި މިއީ "ހަލާކުގެ ފެށުން" ކަމަށް ބުނެފައިވެ އެވެ. ރާއްޖޭން ތާރީހުގެ ހަނދާން އާކުރަން ޖެހޭ ކަމަށާއި ރާއްޖެއަށް ބޭނުންޖެހުނު ކޮންމެ ހާލަތެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިންޒާރުގައި ބުނެފައިވެ އެވެ.

"ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވެބްސައިޓްވަނީ ޑައުންވެފައި, މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން، ވީމާ، މި ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީ," އެ މިނިސްޓްރީން މިކަމާ ގުޅޭގޮތުން ބުނެފައިވެ އެވެ.

މިފަހުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފޭސްބުކް އެކައުންޓު ވެސް ހެކު ކުރި އެވެ. އެއީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ ބޮޑު ވަޒީރަށް ކުޑައިމީސްކޮށް މުހާތަބު ކުރި މައްސަލާގައި އިންޑިއާގެ ހެކަރުންތަކެއް ކަމަށް ބުނާ ބަޔަކު ކުރި ކަމެކެވެ.