23 ފެބުރުވަރީ 2024 - 16:35 0
ސާއިފް ޝިޔާދު
ފިނޭންސް މިނިސްޓަރުގެ މަގާމުގެ ފަތްކޮޅު ޝަފީގަށް ރައީސް އަރުވަނީ. އިގުތިސޯދީ ހަރަކާތްތައް އިތުރު ނަމަވެސް ސަރުކާރުގެ މާލީ ހާލަތު ގޯސް --- ފިނޭންސް މިނިސްޓްރީ
23 ފެބުރުވަރީ 2024 - 16:35 0
ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުންދިޔަ ނަމަވެސް ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް މިއަދު އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި ވަނީ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރުމަށް އަންގަވާފަ އެވެ. އެގޮތުން, އާ މުވައްޒަފުން ނެގުމާއި, މުސާރަ ބޮޑު ކުރުމާއި, އިތުރު ގަޑީގެ ފައިސާއާ ގުޅޭ އެންގުންތަކެއް އެ ސާކިއުލާގައި ހިމަނާފައިވެ އެވެ.
އެގޮތުން, ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ހަރަދުތައް ނުކުރެވޭ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
އޭގެ އިތުރުން, ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދުމަށާއި ރާއްޖެ ތެރޭގައި ކުރާ ވައިގެ އަދި ކަނޑުގެ ދަތުރުތަކުގެ ތެރެއިން 35,000ރ. އަށްވުރެ އިތުރު ދަތުރުތަކަށް ވެސް އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ.
ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޮލާޝިޕެއް ނުދިނުމަށް ވެސް އިދާރާތަކަށް ފިނޭންސުން ވަނީ އަންގާފަ އެވެ. ރާއްޖޭން ބޭރުން ސްޕޮންސާ ނުކުރާ ހުރިހާ ޓްރޭނިން އަދި ކުރު މުއްދަތުގެ ޕްރޮގްރާމްތައް ހުއްޓާލަން ވެސް ވަނީ އަންގާފަ އެވެ.
ޖުމުލަ ގޮތެއްގައި ސަރުކާރުގެ އޮފީސްތަކުން 35,000ރ. އަށްވުރެ އިތުރަށް ހަރަދު ކުރަން ޖެހޭނަމަ މިހާރު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
Comment