23 ފެބުރުވަރީ 2024 - 08:51 0
ލީވާން އަލީ ނާސިރު
ރައީސް ޑރ.މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
23 ފެބުރުވަރީ 2024 - 08:51 0
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "އަހާ" ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކުގަ އެވެ. މިކަން ސަރުކާރުގެ އޮފިޝަލަކު "އަދަދު" ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ.
"އާންމުން ކުރައްވާ ހުރިހާ ސުވާލަކަށް ރައީސް ޖަވާބު ދެއްވާނެ. އެ ފުރުސަތުގެ ބޭނުން ހިފުން މުހިންމު،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުން ނިންމާފައިވަނީ ކޮންމެ މަހަކު ވަޒީރުންގެ ޕަބްލިކް ފޯރަމެއް، އަދި މުއިއްޒުގެ ޕަބްލިކް ފޯރަމް ކޮންމެ ތިން މަހަކުން އެއް ފަހަރު ބޭއްވުމަށެވެ.
މި ފޯރަމްތަކަށް އާންމުނަށް ހާޒިރުވެ ސުވާލުކުރެވޭނެ އެވެ.
ރައީސް މުއިއްޒު އަންނަނީ އާންމު ރައްޔިތުން ކުރައްވާ އެކި ސުވާލުތަކަށް މީސް މީޑިއާ މެދުވެރިކޮށް ވެސް ޖަވާބު ދެއްވަނުންވެ.
ނަމަވެސް ނޫސްތަކަށް ރައީސް އޮފީހުން މައުލޫމާތު ދިނުން ވަނީ މަދުވެފަ އެވެ. ކުރިން ކޮންމެ އާދީއްތަ ދުވަހަކު ބާއްވާ ޕްރެސް ކޮންފަރެންސް މިހާރު ނުބާއްވާތާ ދެ ހަފުތާ ފާއިތުވެގެން ހިނގެއްޖެ އެވެ. އަދި ރައީސް ރައީސް އޮފީހުގެ ތަރުޖަމާނެއް ނެތި ދެ މަސް ދުވަސް ވުމަށް މިހާރު ގާތްވަނީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment