Advertisement

ވިލިމާލޭ ކައިރިން ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 މީހަކަށް ހާނީއްކަވެއްޖެ

22 ފެބުރުވަރީ 2024 - 21:38 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެކްސިޑެންޓުގައި ހާނީއްކަވި މީހަކަށް ފަރުވާ ދެނީ: ހަ މީހަކަށް އިތުރު ފަރުވާ ދޭން އައިޖީއެމްއެޗަށް ވަނީ ބަދަލުކޮށްފަ -- ފޮޓޯ: ސޯޝަލް މީޑިއާ


ވިލިމާލޭ ކައިރިން ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 މީހަކަށް ހާނީއްކަވެއްޖެ

22 ފެބުރުވަރީ 2024 - 21:38 0

ވިލިމާލޭ ކައިރިން ދެ ލޯންޗް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 މީހަކަށް ހާނީއްކަވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި ހާނީއްކަވި 13 މީހުންގެ ތެރެއިން ހަ މީހުންނަށް އިތުރަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބާކީ ތިބި މީހުންނަށް މިވަގުތު ފަރުވާ ދެނީ ވިލިމާލޭ ހޮސްޕިޓަލުގަ އެވެ.

ވިލިމާލެ ވޯޓާ ސްޕޯޓްސް އާ ދިމާލުން ކަނޑުމަތިން އެ އެކްސިޑެންޓު ހިނގީ މިރޭ 7:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓުވީ އަނަންތާރާ ރިސޯޓާއި އެފްކޮންސްގެ ލޯންޗެއް ކަމަށް ފުލުހުން ބުނެ އެވެ. ފަަރުވާ ދެނީ އެފްކޮންސްގެ 10 މީހަކަށާއި އަނަންތާރާ ރިސޯޓުުގެ ތިން މީހަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ދެ ލޯންޗުގެ ވީޑިއޯއެއް އާންމުވެފައިވާއިރު އޭގެ ތެރެއިން އެއް ލޯންޗު އޮތީ ފުށުން ޖަހާލާފަ އެވެ. އަނެއް ލޯންޗަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.