Advertisement

ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" އިފުތިތާހުކޮށްފި

22 ފެބުރުވަރީ 2024 - 21:49 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރައީސްގެ އަނބިކަނބަލުން ސާޖިދާ، މަގޭ ސާފު ރާއްޖެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް


ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" އިފުތިތާހުކޮށްފި

22 ފެބުރުވަރީ 2024 - 21:49 0

ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" މިއަދު އިފުތިތާހުކޮށްފި އެވެ.

އެ ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. އެކަމަށްޓަކައި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

‎ސަރުކާރުން ބުނި ގޮތުގައި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމުތަކެއް ގާއިމުކުރުމެވެ.

ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން އެ ޕްރޮގުރާމުގައި ހިމެނެ އެވެ.

އޭގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.

‎އެ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ކުނި ނެގުމަށް ހާއްސަ 48 އުޅަނދު ވެސް ވަނީ ހަވާލުކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމެވެ.