Advertisement

މުޅި އައްޑޫ ސިޓީއިން އެއްކޮށް ކަރަންޓު ކެނޑިއްޖެ

22 ފެބުރުވަރީ 2024 - 20:37 0

އައްޑޫ ރޭގަނޑު: ފޮޓޯ: ޔޫޝައު ޝަފީއު


މުޅި އައްޑޫ ސިޓީއިން އެއްކޮށް ކަރަންޓު ކެނޑިއްޖެ

22 ފެބުރުވަރީ 2024 - 20:37 0

މުޅި އައްޑޫ ސިޓީއިން އެއްކޮށް މިއަދުދު ކަރަންޓު ކެނޑިއްޖެ އެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލއަކުން ކަމަށް އެ ސިޓީއަށް ކަރަންޓު ދޭ ފެނަކައިން ބުނެ އެވެ.

"ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓު ކެނޑިފައި،" ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ކުރިއަށް އޮތް ގަޑިއިރެއްހާއިރު ތެރޭގައި އައްޑޫއަށް ކަރަންޓު ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ކަރަންޓު ދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން. އަދި މިދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" ފެނަކައިން ބުންޏެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫގައި ދިރިއުޅޭ އާބާދީއަކީ 25،053 އެވެ.