Advertisement

ރާއްޖޭގެ ބްރޯޑްކާސްޓިން ނެޓްވޯކް ތަރައްގީކުރުމަށް ޖަޕާނުން 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

22 ފެބުރުވަރީ 2024 - 14:57 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބްރޯޑްކާސްޓިން ނެޓްވޯކް މަޝްރޫއަކަށް ޖަޕާނުން 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ


ރާއްޖޭގެ ބްރޯޑްކާސްޓިން ނެޓްވޯކް ތަރައްގީކުރުމަށް ޖަޕާނުން 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

22 ފެބުރުވަރީ 2024 - 14:57 0

ރާއްޖޭގެ ޓެލެވިޝަން ބްރޯޑްކާސްޓިން ނެޓްވޯކް ތަރައްގީކުރަން މަޝްރޫއުއެއް ހިންގަން ޖަޕާނު ސަރުކާރުން 326 މިލިއަން ޖަޕާނު ޔެން (ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރު) ގެ ހިލޭ އެހީއެއް ދޭން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހިލޭ އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓަކެއުޗީ މިޑޯރީ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ޕްރޮޖެކްޓް (ޑީޓީޓީބީ) ގެ މަގުސަދަކީ މައުލޫމާތު ފޯރުކޮށްދިނުމާއި ލިބިގަތުމުގައި ރާއްޖޭގެ އެކި ރަށްތަކުގެ މެދުގައި ހުރި ފަރަގު ކުޑަކޮށް، މުވާސަލާތީ ވަސީލަތްތައް ތަރައްގީކުރުމެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއާ ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖޭން އެދޭ ކަމަށެވެ. ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީގެ މުހިއްމު އެއް ބައިވެރިއެއްގެ ގޮތުގައި ޖަޕާނުން އަދާކުރާ ދައުރު މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި އެހެން ބައެއް މިނިސްޓްރީތަކާއި އޮތޯރިޓީތައް އަދި ޖަޕާނު އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.