Advertisement

ޕިކަޕެއްގައި ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ ހައްޔަރުކޮށްފި

22 ފެބުރުވަރީ 2024 - 13:57 1

ނިމާ ހަސަން

ނިމާ ހަސަން

ޮިކަޕމާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއް ތެރޭ ހުރެ މީހަކު ބަދުއަހުލާގީ ވައްތަރުތަކެއް ޖައްސަނީ


ޕިކަޕެއްގައި ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ ހައްޔަރުކޮށްފި

22 ފެބުރުވަރީ 2024 - 13:57 1

މާލޭގެ މަގެއްގައި ދުއްވި ޕިކަޕެެއްގެ ތެރޭ ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް އެ މީހާ ޖެއްސީ، އެ ޕިކަޕްގެ ފަހަތުން ދަތުރުކުރަމުން ދިޔަ ސައިކަލެއްގައި އިން އަންހެނަކަށް ޖިންސީ ފުރައްސާރަކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

އެ މީހާގެ އަމަލުތަކާ މެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނީ މީހުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ. އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ.

އޭނާ ދެނެގަނެ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، ފުލުހުން ބުނީ އެއީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.