Advertisement

އާ ސީޒަންގައި މެސީގެ އިންޓަ މިއާމީ އަށް ރަނގަޅު ފެށުމެއް

22 ފެބުރުވަރީ 2024 - 12:02 0


އާ ސީޒަންގައި މެސީގެ އިންޓަ މިއާމީ އަށް ރަނގަޅު ފެށުމެއް

22 ފެބުރުވަރީ 2024 - 12:02 0

މިއާމީ (ފެބްރުއަރީ 22) - މޭޖާ ލީގު ސޮކާ (އެމް.އެލް.އެސް)ގެ އާ ސީޒަންގެ ފުރަތަމަ ސީޒަންގައި އިންޓަ މިއާމީ ކުޅުނު ފުރަތަމަ މެޗުގައި މިއަދު ރެއާލް ސޯލްޓް ލޭކް ސިޓީ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

މި މެޗުގައި އިންޓާ މިއާމީ އިން ޖެހި ދެ ލަނޑުގައި ވެސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ދައުރެއް އޮތެވެ. އަދި މުޅި މެޗުގައި ވެސް މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިންޓަ މިއާމީގެ ފުރަތަމަ ލަނޑު 38 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރޮބާޓް ޓެއިލާއެވެ. ޓެއިލާ ލަނޑުޖެހީ މެސީ ދިން ތުރޫ ބޯޅައަކުންނެވެ.

މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޑިއޭގޯ ގޯމޭޒްއެެވެ. މި ލަނޑު ޖެހުމަށް ގޯމޭޒަށްވެސް ޕާސް ދިނީ މެސީއެވެ.

މެޗަށް ފަހު އިންޓަ މިއާމީގެ ކޯޗު ޖެރާޑޯ "ޓަޓާ" މާޓިނޯ ބުނީ މި މެޗުގައި މެސީގެ ކުޅުން ފާހަގަވި ކަމަށެވެ. އަދި އެ ޓީމުގެ ފޯވަޑް ލުއިސް ސުއަރޭޒް އާއި މެސީގެ ޕާޓްނަޝިޕް ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ބެލެވޭ ކަމަށެވެ.

"ބާސާގައި އެއްކޮށް ކުޅުނު ދެ ކުޅުންތެރިންވީމަ، މާ ދުވަހެއް ނުވެ އެ ދެ މީހުންގެ ޕާޓްނަޝިޕް ފެންނާނެ،" މާޓީނޯ ބުންޏެވެ.