Advertisement

ޕެނަޑޯލްގަ މައްސަލައެއް ނެތް، ވިއްކައި ބޭނުންކުރަން ހުއްދަ ދީފި

22 ފެބުރުވަރީ 2024 - 09:51 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޕެނަޑޯލް ވިއްކައި ބޭނުންކުރުމުގެ ހުއްދަ ދީފި --


ޕެނަޑޯލްގަ މައްސަލައެއް ނެތް، ވިއްކައި ބޭނުންކުރަން ހުއްދަ ދީފި

22 ފެބުރުވަރީ 2024 - 09:51 0

ޕެނަޑޯލް ބޭހުގައި ހުންނަންޖެހޭ މިންވަރަށް ސްޓްރެންތު ހުރި ކަން ލެބޯޓަރީ ތަހުލީލުތަކުން ޔަގީންވެފައިވާ ކަމަށާއި، ބޭހުގައި މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެނަޑޯލްގެ 500މިލިގްރާމު ގުޅަ ބޭހުން ފާހަގަވި ކޮލިޓީ މައްސަލައަކީ ބޭސް އުފުލައި ގެންގުޅޭއިރުގަ އަދި ގުދަންކުރުމުގައި މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށެވެ.

ކޮލިޓީ މައްސަލަ ހުރި ޕެނަޑޯލުގެ ބެޗު މިހާރު މާކެޓުގައި ނެތް ކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެ އެވެ.

މިފަދަ މައްސަލަތައް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ޕަބްލިޝްކޮށް، ބޭސް ވިއްކާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެގޮތުން މިއަދުން ފެށިގެން ޕެނަޑޯލް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެ އެވެ.

ޕެނަޑޯލްގެ ކޮލިޓީ މައްސަލަ ފާހަގަވީ މިދިޔަ ޖެނުއަރީ 30، ގައި ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ހަދާ "ޕޯސްޓް މާކެޓް ސާވައިލަންސް ޕްލޭން" ގެ ދަށުން ނެގި ރެންޑަމް ސާމްޕަލްތަކަކުން ޕެނެޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެޓިފައިވާކަން ފާހަގަވުމުންނެވެ.