Advertisement

ހުލާސާކޮށް އިއްޔެ: އިންވެސްޓަރުގެ ފަތިފުށް

22 ފެބުރުވަރީ 2024 - 06:44 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ތިނަދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރާއި ތައިލޭންޑްގެ ޕޭން ޕެސިފިކް ކަމަށް ބުނާ ކުންފުންޏަކާއެކު ސޮއިކޮށް އެއްބަސްވުން ދައްކާލަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: އިންވެސްޓަރުގެ ފަތިފުށް

22 ފެބުރުވަރީ 2024 - 06:44 0

ހުވަދު އަތޮޅުގެ އިތުރުން މުޅި ދެކުނު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. ތިނަދޫގައި އިއުލާނު ކުރެއްވީ އެރަށުގެ ފަޅު ހިއްކައިގެން ދުނިޔެއަށް ވެސް ވިދާލާނެވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމާއި އެ އަތޮޅުން 12 ރަށެއް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަޝްރޫއު އެވެ.

މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތަފްސީލު, ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށްގެންދިޔަ ނަމަވެސް މީގެ ކުރިން އިއުލާނުކުރެ އެވެ. ކޮންޓްރެކްޓަރަށް ދޭ ލުއިތަކާއި, ކޮންޓްރެކްޓަރުގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި, މަސައްކަތުގެ ތަޖުރިބާ އާއި ކުރިން ކޮށްފައިވާ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ހާމަކުރެ އެވެ.

ނަމަވެސް, ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަހުމުނާމާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތެވެ. ސަރުކާރުން ދިނީ ހަމައެކަނި ނަމެކެވެ. ދެއްކީ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. ތިނަދޫ ކައުންސިލާއި ރައްޔިތުންނަށް ވެސް މި މަޝްރޫއު އެނގުނީ ޖަލްސާގެ ތެރެއިންނެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ ތައިލޭންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާ އެވެ. ހިތްގައިމު ވީޑިއޯ ޕްރެޒެންޓޭޝަނަކުން 600 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ދައްކާލައި، ސޮއިކުރިއިރު، ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުން ދިޔައީ އިންވެސްޓަރާ ގުޅޭ ޝަކުވާތަކެވެ. އަދި ތިނަދޫގެ އުތުރަށް އޮތް ފަސް ކިލޯ މީޓަރުގެ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާއިރު 10 މިނެޓަށް ވުރެ ކައިރީގައި ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ގުޅާލަން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ވެސް ސޯޝަލް މީޑިއާގައި ހަނދާން ކޮށްދެމުން ދިޔަ އެވެ.

ޕޭން ޕެސިފިކް ކޮމްޕެނީގެ ފަތިފުށް ހޯދުމަށް ފީނާލިއިރު، ކުންފުނި ގޮސް ގުޅެނީ ރާއްޖޭގައި "ބޮޑެތި ޕްރޮޖެކްޓް" ހިންގަން ހަމައެކަނި އީއައިއޭ ހަދާފައިވާ ކުންފުނިތަކަކާ އެވެ. ރާއްޖޭގެ ނަން ބޭނުންކޮށްގެން އިޝްތިހާރުކޮށް ފައިސާ ހޯދާފައިވާ ކުންފުންޏަކާ އެވެ.

އިތުރަށް ވިދުވެލައްވާ

މުހިއްމު ބައެއް ހަބަރު