Advertisement

ފްލެޓް މައްސަލާގައި ޕަބްލިކް ފޯރަމެއް ބާއްވަނީ

21 ފެބުރުވަރީ 2024 - 19:02 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ޕެޓިޝަން ހުށަހަޅާ. ފޮޓޯ: މަޖިލީހުގެ އިދާރާ


ފްލެޓް މައްސަލާގައި ޕަބްލިކް ފޯރަމެއް ބާއްވަނީ

21 ފެބުރުވަރީ 2024 - 19:02 0

ކުރީގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓްގައިާ އެއްވެސް މީހެއްގެ ފްލެޓް ބާތިލުނުކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ބަޔަކު ލާފައި އޮތް ޕެޓިޝަނަކާ މެދު ގޮތެއް ނިންމަން ޕަބްލިކް ފޯރަމެއް ބާއްވަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ފްލެޓް ދިނުން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުންނާއި އެ މިނިސްޓްރީގެ ކުރީގެ އޮފިޝަލުން ވެސް ބައިވެރިކޮށްގެން ޕަބްލިކް ފޯރަމެއް ބާއްވަން ނިންމީ ރައްުޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީންނެވެ. ޕަބްލިކް ފޯރަމެއް ބާއްވަން، ނިންމީ އެކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދެވެ.

ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝާހިދު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ޕެޓިޝަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެކޮމިޓީން އިއްޔެ ނިންމި ނިންމުމުގައިވާ ގޮތުން ފްލެޓް މައްސަލާގައި ބާއްވާ އާއްމު ފޯރަމްގައި ބައިވެވިވުމުވެ ފުރުސަތު، ޕެޓިޝަން ހުށަހެޅި މީހުންގެ އިތުރުން މަދަނީ ޖަމިއްޔާތަކަށް ވެސް ދޭނެ އެވެ. ފޯރަމް ބާއްވާނެ ތާރީހެއް ކަމަށް ކޮމިޓީން ފާސްކުރީ ފެބްރުއަރީ 27، އެވެ.

ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.