Advertisement

އާނައުޓޮވިޗްގެ ލަނޑާ އެކު އިންޓާ އަށް ހަނި މޮޅެއް

21 ފެބުރުވަރީ 2024 - 12:01 0


އާނައުޓޮވިޗްގެ ލަނޑާ އެކު އިންޓާ އަށް ހަނި މޮޅެއް

21 ފެބުރުވަރީ 2024 - 12:01 0

މިލާން (ފެބްރުއަރީ 21) - މެޗުގެ ދެ ވަނަ ހާފުގައި އޮސްޓްރިއާގެ ފޯވަޑް މާކޯ އާނައުޓޮވިޗް ޖެހި ލަނޑާ އެކު ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން އިންޓަ މިލާން މޮޅުވެއްޖެ އެވެ.

އިންޓާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަަމަ ހާފަށް ފަހު، ފްރާންސްގެ ފޯވަޑް މާކަސް ތުރާމްގެ ބަދަލުގައި ކުޅެންއެރި އާނައުޓޮވިޗް އިންޓާ އަށް ލަނޑު ޖަހައިދިނީ މެޗުގެ 79 ވަނަ މިނިޓުގަ އެވެ.

އާނައުޓޮވިޗް ލަނޑު ޖެހީ މެޗުގައި ލިބުނު ބައެއް ފުރުސަތުތައް އޭނާ އަށް ގެއްލުމުން ބައެއް ސަޕޯޓަރުންގެ ނުރުހުން އޭނަ އަށް އަމާޒުވެފައި ވަނިކޮށެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި ޖެހި އެންމެ މުހިންމު އެއް ލަނޑު،" އޮސްޓްރިއާ އަށް ނިސްބަތްވާ އާނައުޓޮވިޗް ބުންޏެވެ.

"އެންމެ ފަހުން ކުޅުނު ހުރިހާ މެޗެއްގައިވެސް އަހަންނަށް ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުކުރެވުނު. އެކަމަކު އެހެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ލިބުނު."

މި މޮޅާ އެކު އެތުލެޓިކޯގެ ދަނޑުގައި އަންނަ މަހުގެ ތެރޭގައި ކުޅޭ ފުރަތަމަ ލެގުގެ ކުރިން، އިންޓާ އަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ.

އިންޓާގެ ކޯޗު ސިމޯނޭ އިންޒާގީ ބުނީ އާނައުޓޮވިޗް އަކީ އިންޓާ އަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި މުހިންމު ގޯލެއް އެނާ ޖެހުމުން އުފާވާ ކަމަށެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި އިންޓާއާ ދެކޮޅަށް އެޓުލެޓިކޯ އަށް އެޓޭކްގައި މާ ބޮޑު ތަފާަތެއް ނުދެއްކުނެވެ. މުޅި މެޗުގައިވެސް އިންޓާގެ ގޯލަށް އެތުލެޓިކޯ އަށް އެންމެ ހަމަލާއެއް އަމާޒުނުކުރެވެއެވެ.

"އާންމުކޮށް މެޗުތަކުގައި ލިބޭ ވަރަށް އަހަރަމެންނަށް ޗާންސް ނުލިބޭ. އެކަމަކު ބަލިވިޔަސް އަހަރެން މުހުރީ ރަނގަޅު ވިސްނުމެއްގައި. އަހަރަމެންނަށް އަދި އެބައޮތް އަމިއްލަ ދަނޑުގައި ކުޅޭ މެޗު،" އިންޒާގީ ބުންޏެވެ.