Advertisement

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން 30,000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

20 ފެބުރުވަރީ 2024 - 13:34 0

ނިމާ ހަސަން

ނިމާ ހަސަން

ތިލަފުށި; ފައިބަރު މަސައްކަތް ކުރަން ތިލަފުށިން 30,000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވޭ.


ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން 30,000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

20 ފެބުރުވަރީ 2024 - 13:34 0

ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރަން ތިލަފުށިން 30,000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި އެވެ.

ފައިބަރު އޮޑިފޯނިފަހަރުގެ މަސައްކަތް ކުރާ މީހުންނަށް 30,000 އަކަފޫޓުގެ ބިމެއް ސަރުކާރުން ހަމަޖައްސައިދިނީ ތިލަފުށީ އެތެރެފަޅުން ހިއްކާފައިވާ ސަރަހައްދުންނެވެ. އެއީ ތިލަފުށީގެ އޭރިއާ އީ އެވެ.

ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރަން ތިލަފުށިން ވަކި ބިމެއް ކަނޑައަޅައި، ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނިމިދިޔަ މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގެ ތެރޭގަ އެވެ.

ރައީސް ވަނީ ވިލިމާލޭ ތެރޭގައި ނުވަތަ އެއް ކައިރީގައި ފައިބަރު މަސައްކަތް ކުރި ނަމަވެސް، އެކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުން އެކަށީގެންވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް މުއިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވި އިރު ވަނީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ވިލިމާލެ ވެމްކޯ ސަރަހައްދުގައި ހަރުގެއެއް އެޅުމަށް ނިންމެވި އެވެ.

އެގޮތަށް ނިންމީ، ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށް، ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދު، އެ ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އާންމުންގެ ޝަކުވާ ބޮޑުވެ، އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.