Advertisement

ދެ ބިލިއަނުގެ ފަރަގެއް، ރައީސް އާއި އިކޮނޮމިކް މިނިސްޓަރުގެ ހިސާބު ދިމައެއްނުވޭ!

20 ފެބުރުވަރީ 2024 - 13:38 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ މަޝްރޫއު އިއުލާނުކުރި ރަސްމިއްޔާތުގައި ރައީސް އަދި ސައީދު. ނުދައްކާ ބިލުތަކާ ގުޅިގެން ދެ ބޭފުޅުން ވިދާޅުވި ނަންބަރުތައް ދިމާ ނުވޭ --- ފޮޓޯ: ރައީސް އޮފީސް


ދެ ބިލިއަނުގެ ފަރަގެއް، ރައީސް އާއި އިކޮނޮމިކް މިނިސްޓަރުގެ ހިސާބު ދިމައެއްނުވޭ!

20 ފެބުރުވަރީ 2024 - 13:38 0

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ބިލުތަކުގެ ޖުމުލަ އަދަދާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި މައުލޫމާތާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރެއްވި މައުލޫމާތުގައި ދެ ބިލިއަން ރުފިޔާގެ ފުށުއެރުމެއް ހުރިކަން ހާމަވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުންދިޔަ ނަމަވެސް ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން, މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އާއި ސަރުކާރުގެ މަސައްކަތްތައް ކުރި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ރައީސް މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ގެންދަވަނީ "ވާރުތަވި އިގުތިސޯދީ ހާލަތު" ގެ ވާހަކަތައް ހިއްސާކުރައްވަމުންނެވެ. މިއަދު ގދ. ފަރެސްމާތޮޑާގައި ވެސް އޭގެ ބައެއް ވާހަކަތައް ރައީސް ހިއްސާކުރެއްވި އެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު ނުވަ ބިލިއަން ރުފިޔާ, ނުވަ ހާސް މިލިއަން, ނުވަ ބިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެބައޮތް ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ," ރައީސް މިއަދު ހާމަކުރެއްވި އެވެ.

ނަމަވެސް, ރައީސް ހާމަކުރެއްވި ނުވަ ބިލިއަނުގެ އަދަދަކީ މިދިޔަ ޖެނުއަރީ 24, ގައި އިކޮނޮމިކް މިނިސްޓަރު ސައީދު އެކަމާ ގުޅޭ ގޮތުން ހާމަކުރެއްވި އަދަދަށް ވުރެ ދެ ބިލިއަން އިތުރު އަދަދެކެވެ.

"ރައީސް ޑރ. މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ގާތްގަޑަކަށް ހަތް ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލުތައް ހުރި. ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވަނީ ވަރަށް ބޮޑަށް،" ސައީދު އެ ދުވަހު ވިދާޅުވެފައިވެ އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި ނުވަ ބިލިއަން ރުފިޔާއަކީ ސަރުކާރުގައި އޮތް 50 އަށް ވުރެ ގިނަ ކުންފުންޏާއި އެކި މިނިސްޓްރީތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާ އެވެ. ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އަބަދުވެސް ފާޅުކުރެ އެވެ.

ރާއްޖޭގެ އެކި ކުންފުނިތަކަށް ރައްޔިތުންނަށް ދޭން ޖެހިފައި ނުދީ މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދަރާފައި ނުވަ ބިލިއަން ރުފިޔާ ހުއްޓޭ. އެއީ ހަވާލުވި ހާލަތު," އިގުތިސޯދީ ހާލަތު ބަޔާން ކުރައްވަމުން ރައީސް މިއަދު އެ އަދަދު ހާމަކުރެއްވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ބިލުތައް ދައްކައި ހަލާސްކުރަން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ޗާޕު ކުރުން ހުއްޓާލައި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް އެކިއެކި ކުންފުނިތަކާއި އާންމުންނަށް ދައްކާފައިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އައިއެމްއެފުން ބަލައިގަނެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީއާއެކު ދައްކަންޖެހޭ ފައިސާ ވެސް ދައްކަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.