Advertisement

އައްޑޫގެ 68 މިސްކިތެއް މަރާމާތު ކުރަން އެންމެ ދޮޅު މިލިއަން ރުފިޔާ، މިސްކިތަކަށް ޖެހެނީ 22،000 ރުފިޔާ

18 ފެބުރުވަރީ 2024 - 18:46 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިނިސްޓަރު ޝަހީމް: ވިދާޅުވީ އައްޑޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ވެސް އަވަސް ކުރައްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އައްޑޫގެ 68 މިސްކިތެއް މަރާމާތު ކުރަން އެންމެ ދޮޅު މިލިއަން ރުފިޔާ، މިސްކިތަކަށް ޖެހެނީ 22،000 ރުފިޔާ

18 ފެބުރުވަރީ 2024 - 18:46 1

ވެރި ރަށް މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގެ ސިޓީގެ 68 މިސްކިތެއް މަރާމާރު ކުރަން މުޅި އަހަރަށް 1.5 މިލިއަން ޒަކާތު ފަންޑުން ހަރަދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުން މި އަހަރު ހަރަދު ކުރަން ހަމަޖެހިފައިވާ 1.5 މިލިއަން ރުފިޔާ ހަރަދު ކުރާނީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. އެ 68 މިސްކިތަށް 1.5 މިލިއަން ރުފިޔާ ބަހާލުމުން މިސްކިތަކަށް ޖެހެނީ އެންމެ 22،058 ރުފިޔާ އެވެ. މިސްކިތްތަކަށް ވަކިވަކިން ހަރަދު ކުރާ އަދަދު މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

"އައްޑޫ ސިޓީގެ 68 މިސްކިތެއްގެ މަރާމާތަށް މިއަހަރު، މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ހަރަދު ކުރާނެ. މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން، އައްޑޫގައި ބިނާ ކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތް އަވަސްކޮށް އަންނަ އަހަރުގެ މެއި މަހަށް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަހީމް މިއަދު ވިދާޅުވި އެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫގައި ދިރިއުޅޭ އާބާދީއަކީ 25،053 އެވެ. އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ވަނީ އެ ސިޓީގަ އެވެ.