Advertisement

ރައީސްގެ ބައްދަލުވުމަށް ހިތަދޫ އިން ނުކުތީ މަދު ބަޔަކު، ބައްދަލުވުން ފަސްކޮށްފި

18 ފެބުރުވަރީ 2024 - 16:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރައީސް ބާއްވަން އުޅުއްވި ބައްދަލުވުމަށް ތައްޔާރުވެފަ : ތަރުހީބު ކުޑަވެ ރައީސްގެ ހިތަދޫ ބައްދަލުވުން ނުބޭއްވުނު -


ރައީސްގެ ބައްދަލުވުމަށް ހިތަދޫ އިން ނުކުތީ މަދު ބަޔަކު، ބައްދަލުވުން ފަސްކޮށްފި

18 ފެބުރުވަރީ 2024 - 16:15 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ސިޓީގެ ހިތަދޫގައި މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުން މިރެއަށް ފަސްކޮށްފި އެވެ.

ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައި އޮތީ މެންދުރުފަހު 2:30 ގަ އެވެ. އައްޑޫ ހައި ސްކޫލުގެ ހޯލުގައި ބޭއްވުމަށް ހަމަޖެއްސި މި ބައްދަލުވުމުގެ ގަޑި ޖެހުނުއިރުވެސް ހާޒިރުވެފައިވަނީ މަދު ބައެއް ކަމަށް އައްޑޫއިން "އަދަދު" އާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ.

މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިތަދޫ ރައްޔިތުންނަށް ދައުވަތު ދީގެން ބާއްވަން އުޅުނު ބައްދަލުވުމަށް އައްޑޫ ހައި ސްކޫލް ހޯލުގައި ޖަހާފައިވާ ގޮނޑިބަރިތައް ހުރީ ހުހަށެވެ. އެ ބައްދަލުވުން ނޯންނާނެ ކަން 3:00 ހާއިރު އިއުލާނު ކުރި އިރު، ރައީސް ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ އެކުގައި ބައްދަލުކުރައްވާނެ ކަން ވެސް ހޯލުގައި އިއުލާނުކުރި އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، އެފަދަ އިއުލާނެއް ކުރިކަން ނޭނގޭ ކަމަށާއި ބައްދަލުވުން ފެށުން ލަސްވީ ރައީސް އެ ސިޓީގެ ކައުންސިލްތަކާއެކު ބާއްވަމުން ގެންދަވާ ބައްދަލުވުން ދިގުލައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅިގެން މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ތިނެއް ޖެހިއިރުވެސް ހަތަރު ކައުންސިލަރުން ވާހަކަ ނުދައްކާތީ ބައްދަލުވުމަށް އައި މީހުން ގިނައިރު ނުބައިތިއްބަން ރައީސް އެދިވަޑައިގެންނެވީ ކަމަށެވެ.

"އަދި ނަމާދު ގަޑިވެސް ޖެހޭތީ، އެހެންވެ މިރޭ ބަސް އެރޭންޖު ކޮށްފަ ފޭދޫ މީޓިން ގަ ހިތަދޫވެސް ހިމަނާ ގޮތަށް މިހާރު އޮތީ،" އެ އޮފިޝަލު ބުންޏެވެ.