Advertisement

ސްޓެލްކޯއިން ދިން އެހީތެރިކަމާއެކު، ދުވާފަރަށް ކަރަންޓު ލިބިއްޖެ

18 ފެބުރުވަރީ 2024 - 12:00 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދުވާފަރު މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގެ ބޮޑު ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރީ ސްޓެލްކޯއިން ދިން އެހީއާއެކު - ފޮޓޯ


ސްޓެލްކޯއިން ދިން އެހީތެރިކަމާއެކު، ދުވާފަރަށް ކަރަންޓު ލިބިއްޖެ

18 ފެބުރުވަރީ 2024 - 12:00 1

ރ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށް، ދުވާފަރުން އިއްޔެ ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައި އޮއްވައި، ސްޓެލްކޯއިން ދިން އެހީތެރިކަމާއެކު މައްސަލަ ހައްލުކޮށް މިއަދު ހެނދުނު އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ގާތްގަނޑަކަށް 5000 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރުގެ 300 އަށް ވުރެ ގިނަ ގެއިން ކަރަންޓު ކެނޑިގެން ދިޔައިރު އެ ރަށަށް އެ ހިދުމަތް ފޯރުކޮށްދެނީ އެމްޑަބްލިއުއެސްސީ އެވެ.

ރަށު ކައުންސިލްގެ ރައީސް ހަސަން ހަކީމް "އަދަދު" ނޫހާ ވާހަކަ ދައްކަމުން ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 6:00 ޖަހާކަށް ހާއިރު ހުރިހާ ގެއަކަށް ވެސް ކަރަންޓު ލިބެން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރީ، އެމްޑަބްލިއުއެސްސީއާ ގުޅިގެން ސްޓެލްކޯއިން ވެސް މަސައްކަތް ކޮށްގެނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އިންޖިނިއަރިން ޓީމުގެ އެހީތެރިކަން ދުވާފަރަށް ފޯރުކޮށްދިނީ، ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ އެފަދަ ކޮންމެ ދަނޑިވަޅަކީ ވެސް ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާތީ ކަމަށެވެ.

"ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިހުލާސްތެރި މަސައްކަތްތަކަށް ފަހުރުވެރިކަމާއި ސާބަހާއެކު ޝުކުރު ދަންނަވަން، ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ހިދުމަތުގައި،" ސްޓެލްކޯގެ އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ދުވާފަރަށް ކަރަންޓުގެ ހިދުމަތް ލިބެން ފެށީ މި، ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް 20 ގަޑިއިރު ފަހުންނެވެ. ރޭ އެ ރަށު ގިނަ ގޭގެ މީހުން ތިބީ ކަރަންޓުގެ ހިދުމަތް ނުލިބި، އަނދިރީގަ އެވެ.