Advertisement

ހުލާސާކޮށް އިއްޔެ: މާލީ މައްސަލަތައް ކުރިމަތިިވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

18 ފެބުރުވަރީ 2024 - 07:17 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިކޮނޮމޮކް މިނިސްޓަރު މުހައްމަދު ސައީދު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: މާލީ މައްސަލަތައް ކުރިމަތިިވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

18 ފެބުރުވަރީ 2024 - 07:17 0

ސަރުކާރަށް މާލީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް، އެ ވާހަކަ ތަކަކީ ރާއްޖޭގެ ބޭންކިން އަދި ޕަބްލިކް ފައިނޭންސް ނިޒާމުގެ އިތުބާރު ގެއްލުވާލަން ބަޔަކު ކުރާ މަސައްކަތެއް ކަމަށް ސަރުކާރުން ސިފަކުރި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިތުބާރު ގެއްލުވާލަން ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި، އެކި ތުހުމަތުތައް ކުރަނީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ފަށާފައިވާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ.

ކުރިން ރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިން އަންދާޒާ ކުރި ވަރަށްވުރެ ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"ސަރުކާރުން ރާއްޖޭގެ ބޭންކިންގެ ނިޒާމު ހަރުދަނާކޮށް ރަނގަޅަށް ބަލަހައްޓަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން. ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު، ހަރުދަނާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާ ކުރުމުގެ ރިފޯމް އެޖެންޑާވެސް ދަނީ ކުރިޔަށް،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުގެ އަގު ވައްޓާލައި، ރާއްޖޭގެ މާލީ ނިޒާމު ބަލި ކަށި ކަމަށް ދެއްކުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓައިލަން ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެމުން އަންނައިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވެސް އެކަން ދޮގު ކުރެއްވި އެވެ.

މުހިއްމު ބައެއް ހަބަރު