Advertisement

އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން ޒަވީ ދޭނެ ޖަވާބެއް ނެތް

17 ފެބުރުވަރީ 2024 - 13:11 0


އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން ޒަވީ ދޭނެ ޖަވާބެއް ނެތް

17 ފެބުރުވަރީ 2024 - 13:11 0

ބާސެލޯނާ (ފެބްރުއަރީ 17) - މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވާ، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އެމްބާޕޭ، 25، ވަނީ ޕީއެސްޖީ ދޫކޮށްލާނެކަން އެ ކްލަބްގެ ވެރިންނަށް އަންގައިފަ އެވެ. އެމްބާޕޭ، ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރާ ރެއާލް މެޑްރިޑުން އޭނާ އަށް ހުށަހެޅި ކޮންޓްރެކްޓްގައި މުސާރަ ކުޑަވުމުން، އެ ޑީލް ކުރިއަށްދިއުމުގައި ހުރަސްތަކެއް އެބަހުއްޓެވެ.

އެމްބާޕޭގެ ޓްރާންސްފާ ކަންތައްތަކުގެ ތެރެއަށް ބާސެލޯނާ އިން ވެސް ވަނުމުގެ ވާހަކަތަކެއް ސްޕެއިނުގެ މީޑިއާގައި އަންނަނީ ދެކެވެމުންނެވެ.

"އެމްބާޕޭގެ ވާހަކަ އަހަރެމެންނަށް ދެއްކެން ނެތް. އަހަރެމެން ވިސްނުން މި ބައްޓަންކުރަނީ ރަނގަޅަށް ސީޒަން ނިންމާލަން،" ޒަވީ ބުންޏެވެ. "ތި ޓްރާންސްފާގެ ވާހަކަ ހަގީގަތުގައި ދެއްކޭނީ، ތި ބުނާ ކުޅުންތެރިޔާ (އެމްބާޕޭ) ޕީއެސްޖީ ދޫކޮށްލުމުން. އޭގެ ކުރިން، އެއްވެސް ކަމެއް ރަސްމީއެއް ނޫން،"

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ޒަވީ ބުނީ، އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އަމާޒުވާ އެއްވެސް ސުވާލަކަށް ކުރިއަށް އޮތްތަނުގައި އޭނާގެ ޖަވާބެއް ނުލިބޭނެ ކަމަށެވެ.

ޕީއެސްޖީއާ ހަވާލުވެ ހުރި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، އެމްބާޕޭގެ މުސްތަގުބަލާ ގުޅޭ ކަންކަން ކްލަބްގެ ވެރިންނާއި އެމްބާޕޭގެ ފަރާތުން ސާފުކުރަން މީޑިއާ އިން އިސްކަންދޭން ޖެހޭނެ ކަމަށެވެ.