16 ފެބުރުވަރީ 2024 - 16:42 0
އަޒްލިފާ އަބްދުﷲ
މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން: މިފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީން. -- ފޮޓޯ: އަދަދު
16 ފެބުރުވަރީ 2024 - 16:42 0
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އަމިއްލަ ގޮތުން ވާދަ ކުރަނީ 130 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ވިދާޅުވެއްޖެ އެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރީ 42 އަންހެނުންނާއި 326 ފިރިހެނުން ކަމަށެވެ. ވާދަކުރި އަންހެނުންގެ ނިސްބަތަކީ 11.41 ޕަސެންޓެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގައި ވާދަކުރީ 43 އަންހެނުންނާއި 343 ފިރިހެނުންނެވެ.
މި ފަހަރު އިންތިހާބުގައި ޖުމުލަ ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ނަމަވެސް އެއްވެސް ޕާޓީއަކުން 93 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައެއް ނެތެވެ. 90 ދާއިރާއަކާއެކު އެންމެ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ޓިކެޓުގައި ނެރެފައި ވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރަނީ 89 ކެންޑިޑޭޓުންނެވެ.
މިފަހަރުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރާ ކެންޑިޑޭޓުން. އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ނެރެފައިވަނީ ޑިމޮކްރެޓްސްއިން. -- ފޮޓޯ: އަދަދު
ޕީއެންސީގެ ޓިކެޓުގައި ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު އިސްމާއީލްގެ ފޯމް އިލެކްޝަންސް ކޮމިޝަންއާ ހަވާލުކުރަނީ. -- ފޮޓޯ: އަދަދު
މާޗު 17، 2024 ގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ އިންތިހާބުގައި ވާދަކުރަން ޖުމްލަ 381 ކެންޑިޑޭޓުން ފޯމް ހުށަހެޅި ނަމަވެސް ނުވަ މީހެއްގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިނުގަންނަ ގޮތަށް ނިންމި ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި ހަތަރު ކެންޑިޑޭޓެއްގެ ނަން އަނބުރާ ނެގި އެވެ.
"ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާ އަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސްއިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ 4 ކެންޑިޑޭޓުންވަނީ ނަން އަނބުރާ ގެންދަވާފައި،" ހަބީބު ވިދާޅުވި އެވެ.
ކެންޑިޑޭޓު ނަންބަރު މިއަދު ވަނީ ތަރުތީބު ކޮށްފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment