Advertisement

މާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

16 ފެބުރުވަރީ 2024 - 19:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެއިން ގެއްލިގެން ހޯދަމުން އަންނަ ހަދީޖާ ޔަލްވީ -- ފޮޓޯ: ފުލުހުން


މާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

16 ފެބުރުވަރީ 2024 - 19:01 0

މާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ، އާއިލާއަށް ހަބަރު ނުވެގެން ގެއްލިފައިވާ ކަމަށް ފެބްރުއަރީ، 11 ގައި ރިޕޯޓް ކޮށްފައި ވަނީ މ.އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ ކަމަށެވެ.

ހަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީ، 9 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ މ. އެނބޫމާގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.