16 ފެބުރުވަރީ 2024 - 12:48 0
މުހައްމަދު ޖަމްޝަތު ވަހީދު
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރެއް: ބޭންކުން އަންނަނީ ޕާސަނަލް ފައިނޭންސިންއަށް ބޮޑެތި ލުއިތަކެއް ދެމުން -- އަދަދު ފައިލް ފޮޓޯ
16 ފެބުރުވަރީ 2024 - 12:48 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބޭންކުން މައުލޫމާތުދޭ ގޮތުގައި މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ބޭންކަށް ހުށަހެޅޭ އެޕްލިކޭޝަންތަކުގެ ތެރެއިން އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ އެވެ.
ބީއެމްއެލްއިން ދާދި ފަހުން ވަނީ އެ ބޭންކުން ދޫކުރާ ލުއި ލޯނާއި އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ނިންމާފަ އެވެ. މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.
މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް ބީއެމްއެލް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ އެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް ހަތަރު ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment