Advertisement

އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލާނެކަން ކްލަބްގެ ވެރިންނަށް އަންގައިފި

16 ފެބުރުވަރީ 2024 - 09:37 0


އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލާނެކަން ކްލަބްގެ ވެރިންނަށް އަންގައިފި

16 ފެބުރުވަރީ 2024 - 09:37 0

ޕެރިސް (ފެބްރުއަރީ 16) - ފްރާންސްގެ ތަރި، ކީިލިއަން އެމްބާޕޭ، މިހާރު ކުޅެމުން އަންނަ ޕީއެސްޖީ ދޫކޮށްލާނެކަން ރަސްމީކޮށް އެ ކްލަބްގެ ވެރިންނަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި، ހުރި އެމްބާޕޭ، 25، ވަނީ އެ ޓީމާ އެކު ކުރިއަށް ނުގޮސް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅެން ނިންމާފައިވާކަން ޕީއެސްޖީ އަށް އަންގައިފަ އެވެ.

މޮނާކޯ ދޫކޮށް، 2017 ވަަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި، އެމްބާޕޭ ވަނީ، 2022 ވަނަ އަަހަރު ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ ނިިޔަލަށް ހަމަވާއިރު، އެމްބާޕޭ ތަކުރާރުކޮށް ބުނަމުން އައީ އެހެން ޓީމަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެމްބާޕޭ، ޕީއެސްޖީގައި އިތުރަށް މަޑުނުކުރާނެ ކަމަށް ބެލެވެން ފެށީ، މިދިޔަ އަހަރު އޭނާގެ ކޮންޓްރެކްޓް އިތުރު ކުރެވޭ ގޮތަށް އޮތް މާއްދާ އަށް އަމަލުނުކުރަން ނިންމުމުންނެވެ.

ސްޕެއިނުގެ ގަދަބާރު، ރެއާލް މެޑްރިޑުން އެމްބާޕޭ ހޯދަން، މަސައްކަތް ކުރަމުން އަންނައިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ރެއާލުން ވަނީ އެ ކްލަބްގެ ޕްރޮޕޯސަލް އެމްބާޕޭ އަށް ހުށަހަޅާފަ އެވެ. އެކަމަކު، ރެއާލުން މި ފަަހަރު ހުށަހެޅީ، ކުރިން 2022 ވަނަ އަަހަރު ދޭން ބުނި މުސާރަ އަށް ވުރެ ކުޑަ އަދަދެއް ކަމަށްވާތީ، އެމްބާޕޭ އަންނަނީ އިތުރަށް އެ ޑީލް މަޝްވަރާކުރަން މަސައްކަތް ކުރަމުންނެވެ.

ރެއާލުން އެމްބާޕޭ އަށް ހުށަހެޅި ކޮންޓްރެކްޓްގައިވާ މުސާރަ އަށް ވުރެ ބޮޑަށް މި ވަގުތު ޕީއެސްޖީގައި ވެސް އޭނާ އަށް އާމްދަނީ ލިބޭތީވެ، އެމްބާޕޭގެ ޑިމާންޑަކީ، ރެއާލުން ކޮންޓްރެކްޓްގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށެވެ.