Advertisement

ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ކުރި އިސްތިއުނާފު އަނބުރާ ގެންގޮސްފި

15 ފެބުރުވަރީ 2024 - 15:25 0

ނިމާ ހަސަން

ނިމާ ހަސަން

ލ. ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން; އެ މައްސަލަ ޕީޖީން ވަނީ އަނބުރާ ގެންގޮސްފައި


ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ކުރި އިސްތިއުނާފު އަނބުރާ ގެންގޮސްފި

15 ފެބުރުވަރީ 2024 - 15:25 0

ލ. ފޮނަދޫގައި މާޗް 2017, ގައި ބަންގްލަދޭޝް މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވުމުން, އެ މައްސަލާގައި ކުރި އިސްތިއުނާފު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ބަންގްލަދޭޝްގެ ހަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ ކަރަށް ވަޅިން ހަމަލާދީ، ކަރު ބުރިކޮށް، އެ މީހާ މަރާލި މައްސަލައިގައި ދައުވާކުރީ އެ ގައުމުގެ އަށް މީހެއްގެ މައްޗަށެވެ. އެއިން އެކަކުގެ މައްޗަށް މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، އަނެއް ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމަށް ފަހު ނިންމީ އެކަކު މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. އޭގެ ތެރެއަށް ހަ މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދެ މީހެއްގެ މައްސަލަ އިސްތިއުނާފު ނުކުރީ އެހެން ނަތީޖާއެއް އަންނާނެ ކަމަށް ދައުލަތަށް ނުފެންނާތީ އެވެ.

މި މައްސަލާގައި އިސްތިއުނާފު ފޯމުތައް ބާތިލުކޮށްދޭން ޕީޖީން އެދުނީ, މައްސަލާގައި ހިމެނެނީ ބިދޭސީންނަށް ވެފައި, އެމީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސް ވުމުގެ އިތުރަށް ލިބިފައިވާ ހެކި ގަރީނާއަށް ނިސްބަތްކޮށް މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނުފެންނާތީ ކަމަށް ބުނެ އެވެ.

މި މައްސަލަގައި ތުހުމަތުވާ މީހުން މި ވަގުތު ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގަ އެވެ. އެއީ, އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އިމިގްރޭޝަން ކޮންޓްރޯލަރަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި މައްސަލަ ބާތިލުކުރުމާއެކު އެ ބިދޭސީން ޑީޕޯޓު ކުރުން މަނާކޮށް ހައި ކޯޓުން އިމިގްރޭޝަނުގެ މައްޗަށް މިދިޔަ ޖޫން މަހު ނެރުނު އަމުރުވެސް އެ ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

މި މައްސަލާގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އަބޫ ކަލަމްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދީން އިސްލާމް، ޕަރުވޭޒް، އަލްއަމީން، ރުބެލްމިއާ، މުހައްމަދު ސުމޮން މިއާގެ ބައެވެ.