Advertisement

ހޯމް މިނިސްޓްރީގެ ކޯޓާ ދޫކުރުމާ ގުޅޭ އިސްފަރާތް މަގާމުން އެކަހެރިކޮށްފި

2 މޭ 2024 - 11:10 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް ލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން: ހޯމް މިނިސްޓްރީގެ ކޯޓާ ދޫކުރުމާ ގުޅޭ އިސްފަރާތް މަގާމުން އެކަހެރިކޮށްފި - ފޮޓޯ: ރައީސް އޮފީސް


ހޯމް މިނިސްޓްރީގެ ކޯޓާ ދޫކުރުމާ ގުޅޭ އިސްފަރާތް މަގާމުން އެކަހެރިކޮށްފި

2 މޭ 2024 - 11:10 2

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީއިން ކޯޓާ ދޫކުރުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓުގެ އިސް ފަރާތް މަގާމުން އެކަހެރިކޮށްފައިވާކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީ މުވައްޒަފުން ގެނައުމަށް ކޯޓާ ދޫކުރުމާ ބޮޑެތި މައްސަލަތަކެއް ހިނގާފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު އިހުސާން ވަނީ "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.

ވޭތުވެދިޔަ 11 އަހަރުތެރޭ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް 523،755 ކޯޓާ ވަނީ ދޫކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފާހަގަވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އުސޫލުގެ ތެރެއިން ގެންނަ ބިދޭސީން މަގުމައްޗަށް ދޫކޮށްލުން ކަމަށާއި އެފަދައިން އަމަލުކޮށްފައިވާ ކުންފުނިތައް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި، ކޯޓާ ދޫކުރުމާ ހަވާލުވެ ހުރި ފަރާތް މަގާމުން އެކަހެރި ކުރީ މި ތަހުގީގުތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެ ވަގުތު އެ ޑިޕާޓްމަންޓާ ހަވާލުވެފަ ހުންނެވި ބޭފުޅާ އެހެންވީމަ، އެ ވަގުތު އެތާ ތެރޭގަ މި ދެންނެވި ކަހަލަ މައްސަލަތަކެއް، ބައެއް ކުންފުނިތަކުން ފޭކް ޑޮކިއުމެންޓުތަކާ އެއްޗެހި ލައިގެން އެގޮތަށް އެކަން ހިނގާފަ އޮތީމަ އަޅުގަނޑުމެން މި މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އަޅުގަނޑުމެން އޭނާ އެކަހެރިކޮށްފަ އިންނާނީ" އިހުސާން ވިދާޅުވި އެވެ.

މައުލޫމާތު ލިބެނީ މި މައްސަލައިގައި އެކަހެރި ކުރީ އެ ޑިޕާޓްމަންޓާ ހަވާލުވެގެން ހުރި ހޯމްލޭންޑް މިނިސްޓްރީގެ ނައިބެކެވެ. އެކަމަކު އެއީ ސީދާ ކޮން މިނިސްޓަރެއް ކަމެއް ސާފެއް ނުވި އެވެ.

ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ މުވައްޒަފުގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ތަހުގީގުތައް ނިމެންދެން އެ މުވައްޒަފު ހުންނާނީ އެކަހެރިކޮށްފައި ކަމަށެވެ.

ކޯޓާ ދޫކުރާ އިސް ފަރާތް އެކަހެރިކޮށްފައިވާއިރު، ސައްހަ ލިޔެކިއުން ނެތި، ރާއްޖޭގައި ބިދޭސީން ތިބި އަދަދު ދެނެގަނެ އޭގެ ތެރެއިން ގާނޫނީ އިމުގެ ތެރެއަށް އަނބުރާ ގެނެވެން (ރެގިއުލަރައިޒް ކުރެވެން) ތިބި މީހުންނަށް ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން މިއަދު ހަރަކާތެއް ފަށާނެ އެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ބޭއްވި އަހާ ފޯރަމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް މީހުން ހޯދުމަށް ފަހު، ރެކޯޑް ބަލަހައްޓާ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އެެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ އެވެ. އެގޮތަށް ދެނެގަންނަ އިރު އެމީހުން ތިބި ތަންތަން ވެސް ދެނެގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.