ނޮޅިވަރަންފަރުގައި އެޅި ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވާތީ ކަންބޮޑުވުން، އުސޫލު ބަދަލެއް ނުކުރާނެ

15 ފެބުރުވަރީ 2024 - 06:52 1

ނިމާ ހަސަން

ނ

ނޮޅިވަރަންފަރު ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވާތީއާއި, އުސޫލާމެދު ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި -- ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް


ނޮޅިވަރަންފަރުގައި އެޅި ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވާތީ ކަންބޮޑުވުން، އުސޫލު ބަދަލެއް ނުކުރާނެ

15 ފެބުރުވަރީ 2024 - 06:52 1

ހދ. ނޮޅިވަރަންފަރުގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތައް ލިބޭ ފަރާތްތައް އިއުލާނު ކުރުން ލަސްވުމުގެ އިތުރުން އެ ހައުސިން ޔުނިޓުތައް ދޫކުރާ އުސޫލާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޮޅިވަރަންފަރުގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތަކަކީ 2012 ވަނަ އަހަރުން ފެށިގެން އަޅަމުންދާ ޔުނިޓުތަކެކެވެ. ޖުމްލަ 160 ހައުސިން ޔުނިޓުގެ މަސައްކަތް އޭރު ފެށިއިރު, މީގެ ކުރިން ވަނީ 60 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމުން ބައެއް ޔުނިޓުތައް ހަވާލުކޮށްފަ އެވެ. އެ ތަންތަނުގައި މިހާރު މީހުން ދިރިއުޅެމުން ވެސް ދެ އެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަބްދުالله ނައީމް 'އަދަދު' އަށް ވިދާޅުވީ 2012 ވަނަ އަހަރު ހަވާލުކޮށް, ނަމަވެސް މަސައްކަތް ނުނިމި ހުރި 100 ޔުނިޓުގެ މަސައްކަތް ނިމިދިޔަ ސަރުކާރުގައި ނިންމި ކަމަށެވެ. ނަމަވެސް އަދި އެތަންތަން ހަވާލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައުސިން ޔުނިޓުތައް ހުރީ ނިމިފައި, އެކަމަކު ފެނާއި ކަރަންޓުގެ ހިދުމަތް އެ ޔުނިޓުތަކަށް ލިބިފައެއް ނެތް. އެ މަސައްކަތް ކުރިއަކަށް ނުދޭ," ނައީމް ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓުތައް


އުސޫލާމެދު ކަންބޮޑުވުންތަކެއް, އެކަމަކު ބަދަލެއް ނުކުރާނެ

ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓުތައް ދޫކުރުމަށް އެންމެ ކުރިން އާންމުކުރި އުސޫލު ބާތިލު ކުރުމަށްފަހު ބަދަލުތަކަކާއެކު އާ އުސޫލެއް އާންމުކުރީ 2022, އޮކްޓޯބަރު މަސް ތެރޭގަ އެވެ.

ކައުންސިލުގެ މަޝްވަރާ އާއެކު ކުރީ ސަރުކާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެކުލަވާލި އާ އުސޫލުގައިވާ ގޮތުން ނޮޅިވަރަންފަރުގެ 100 ހައުސިން ޔުނިޓުތަކުގެ ތެރެއިން 75 ޔުނިޓަކީ އެރަށު ރައްޔިތުންނަށް ހާއްސަ ޔުނިޓުތަކެވެ. އަދި ބާކީ 25 ޔުނިޓު ދެނީ އެރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށެވެ.

އެ އުސޫލާ މެދު އެރަށު ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އުސޫލުގައިވާ ގޮތުން ހައުސިން ޔުނިޓަށް އެދޭ މީހާގެ ނުވަތަ އަނބި/ފިރި މީހާގެ ގޯއްޗެއް އޮތްނަމަ އެމީހަކަށް ލިބޭ ޕޮއިންޓު އުނި ކުރެވޭނެ އެވެ. އޭގެ އިތުރަށް ހައުސިން ޔުނިޓު ލިބިއްޖެނަމަ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި އޮވެ އެވެ.

"ކޮންމެ ގޮތަކަށް ކަންތައްތައް ދިޔަޔަސް އާންމުންގެ ތެރޭގައި ހުންނާނެ ކަންބޮޑުވުންތަކެއް, މިހާރު އުސޫލު އިނީ ފައިނަލް ވެފައި. އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް މިހާރަކު ނުގެންގުޅެން," ގެވަޅު އޮތް ފަރާތްތަކަށް ޕޮއިންޓު އުނިވާކަމުގެ ޝަކުވާތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުން މަސައްކަތް ކުރަމުން ދަނީ މިހާރު އުސޫލު އޮތް ގޮތަށް ބާއްވައިގެން ހައުސިން ޔުނިޓު ދޫކުރުން އަވަސް ކުރުމަށް ކަމަށެވެ. ނައީމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އިންސައްތަ

about 1 year ago

ރަށުން ބޭރު މީހުންނަށް 25% ހާއްސަ ކުރުން ފިޔަވާ އުސޫލުގައި މާ ބޮޑު މައްސަލައެއް ނެތް. އިންސައްތަ އެކަށައަޅަންވާނީ ރަށުންނާއި ރަށުން ބޭރުން ހައުސިން ޔުނިޓު ތަކަށް އޮތް ޑިމާންޑުގެ އެސެސްމަންޓް އެއް ހެދުމަށްފަހު. ރަށުގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބޯހިޔާވަހިކަމެއް ނެތް މީހުންގެ އިންސައްތަ ގިނަ ނަމަ ރަށްވެހީންނަށް ކަނޑައަޅާ އިންސައްތަ ބޮޑުވާންޖެހޭ.