Advertisement

ރޯދަމަހު މާލޭ ޕޯޓުން މުދާ ކްލިއާކުރުން އަވަސްކުރަން އިތުރު ފަސް ފޯކްލިފްޓް ގެނެސްފި

14 ފެބުރުވަރީ 2024 - 19:39 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރޯދަ މަހު މާލޭ ޕޯޓުން މުދާ ކްލިއާކުރުން އަވަސްކުރަން ގެނައި ފޯކްލިފްޓުތައް ---- ފޮޓޯ: އެމްޕީއެލް


ރޯދަމަހު މާލޭ ޕޯޓުން މުދާ ކްލިއާކުރުން އަވަސްކުރަން އިތުރު ފަސް ފޯކްލިފްޓް ގެނެސްފި

14 ފެބުރުވަރީ 2024 - 19:39 0

މި އަހަރުގެ ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ އޮޕަރޭޝަންތަކަށް ފަސް ފޯކްލިފްޓް އިތުރުކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެކެވެ. ވަކިން ހާއްސަކޮށް ޕެރިޝަބަލްސް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ އެވެ.

އެހެންވެ ކޮންމެ އަހަރަކު ވެސް އެމްޕީއެލް އިން ދުރާލާ ރޯދަމަހަށް ދުރާލާ ތައްޔާރުވެ އެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއާކޮށް، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރޯދަ މަހަކު ވެސް އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެނެ އެވެ.

އެގޮތުން މި އަހަރުގެ ރޯދަ މަހު މުދާ ކްލިއާކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެމްޕީއެލް އިން މިހާރު ވަނީ ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އާ ފަސް ފޯކް ލިފްޓް އިތުރުކޮށްފަ އެވެ. މިއީ “ހެލި” ބްރޭންޑްގެ 3.5 ޓަނުގެ ފަސް ފޯކް ލިފްޓް ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ ރޯދަ މަހު މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތަކެއް ވެސް މިހާރު ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި ރޯދަމަހުގެ ތައްޔާރީތަކާ ބެހޭ އިތުުރު ތަފްސީލުތައް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުންޏެވެ.