Advertisement

ހަނާން އާއި ރިހާން އަދި މުބާލް އަށް އަނެއްކާ ވެސް ގައުމީ ރެކޯޑެއް

14 ފެބުރުވަރީ 2024 - 13:23 0

ގައުމީ ފެތުންތެރިން ކަމަށްވާ ރިހާން (ކ)، ހަނާން (މ) އަދި މުބާލް (ވ).


ހަނާން އާއި ރިހާން އަދި މުބާލް އަށް އަނެއްކާ ވެސް ގައުމީ ރެކޯޑެއް

14 ފެބުރުވަރީ 2024 - 13:23 0

ގައުމީ ސްވިމިން ޓީމުގައި ހިމެނޭ ހަނާން ހުސެއިން ހަލީމް އާއި މުބާލް އައްޒާމް އިބްރާހިމް އަދި މުހައްމަދު ރިހާން ޝިޔާމް، މިހާރު ކުރިއަށްދާ މުބާރާތްތަކުގައި ވާދަކޮށް، ގައުމީ ރެކޯޑެއް ހަދައިފި އެވެ.

ހަނާން، ރެކޯޑް ހެދީ ތައިލަންޑްގެ ޕުކެޓްގައި ކުރިއަށްދިޔަ ދަ ފެޑަރޭޝަން އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ (ފޮބިސިއާ) ސްވިމިން އިންވިޓޭޝަނަލް ފެތުމުގެ މުބާރާތުގައި ގައި ވާދަކޮށެވެ. ރިހާން އާއި މުބާލް، ރެކޯޑް ހެދީ، ގަތަރުގެ ދޯހާގައި ކުރިއަށްދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށެވެ.

އެ ގޮތުން، ލޯންގް ކޯސް 50 މީޓަރު ބަޓަ ފްލައި އިވެންޓްގެ ގައުމީ ރެކޯރޑް ހަނާން އާ ކުރީ، 00.32.00 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ހަނާން އެވެ. އެއީ، މިދިޔަ އަހަރު، މަޑަގަސްކަރާގައި ބޭއްވުނު 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގަ އެވެ. އެ ފަހަރު ހަނާން ރެކޯޑް ހެދީ 00.32.15 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ފަހަރު ހަނާން ރެކޯޑަށް ފުހިހަމަ ކަމެއް ގެނައީ، 15 މިލި-ސިކުންތުގެ ކުރިއެރުމަކުންނެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރިހާން ގައުމީ ރެކޯޑް ހެދީ 04:31.96 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު މުބާލް މިއިވެންޓް ނިންމާފައިވަނީ 04:48.44 އިންނެވެ. އެހެންކަމުން، މުބާލް އަތުގައި އޮތް ރެކޯޑް ރިހާން އާ ކޮށްފައި މި ވަނީ ރަނގަޅު ކުރިއެރުމަކާ އެކު އެވެ.

ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް މުބާލް އާކޮށްފައިވަނީ 01:14.58 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް މުބާލް އެވެ. އެއީ، މިދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 01:14.73 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.