Advertisement

ހަނގުރާމައިގެ ސަބަބުން ބިކަވެފައި އޮތް ޔޫކްރެއިން ފުޓްބޯޅަ އަށް އެހީވާން އިޓަލީން އެއްބަސްވުމަކަށް

14 ފެބުރުވަރީ 2024 - 12:42 0

ޔޫކްރެއިން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޝެވްޗެންކޯ.


ހަނގުރާމައިގެ ސަބަބުން ބިކަވެފައި އޮތް ޔޫކްރެއިން ފުޓްބޯޅަ އަށް އެހީވާން އިޓަލީން އެއްބަސްވުމަކަށް

14 ފެބުރުވަރީ 2024 - 12:42 0

ރޯމް (ފެބްރުއަރީ 14) - ޔޫކްރެއިން ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ތަމްރީންވުމުގެ ފުރުސަތު ލިބޭ އެއްބަސްވުމެއް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ގާއިމްކޮށްފި އެވެ.

އިޓަލީގައި ތިބެ، ޔޫކްރެއިންގެ ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗިން ތަމްރީންގެ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭ އެއްބަސްވުމެއް މި ހަދާފައިވަނީ، ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ކުރާ ހަނގުރާމައިގެ ސަބަބުން، ޔޫކްރެއިނަށް ދިމާވެފައިވާ މައްސަލަތަކުން ހައްލެއް ހޯދުމުގެ ގޮތުންނެވެ.

އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގަބްރިއެލް ގްރަވީނާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިޓަލީން މި އެހީތެރިވަނީ، ޔޫކްރެއިންގެ ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅު ޓްރެކުގައި ބޭއްވުމުގެ ކަންކަން ކަމަށެވެ.

ޔޫކްރެއިނަށް މި ފުރުސަތު ތަނަވަސްވުމުގެ އެންމެ ބޮޑު ސަބަބަކީ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް މި ވަގުތު ހުންނެވި، ކުރީގެ ފޯވާޑް، އަންޑްރީ ޝެވްޗެންކޯ އެވެ.

އޭސީ މިލާނުގެ ކުރީގެ ފޯވާޑް، ޝެވްޗެންކޯ ވިދާޅުވީ، އޭނާ އަށް އަބަދުވެސް ގަބޫލުކުރެވިފައި އޮތީ، އިޓަލީ އަކީ ދެ ވަނަ ގޭގެ ގޮތުގައި ކަމަށާއި މި އެއްބަސްވުމުން ވެސް އެކަން ސާބިތުވާ ކަމަށެވެ.

މި އެއްބަސްވުމުގެ ތެރެއިން، އިޓަލީގެ އެންމެ މަތީ ފަންތީ ފުޓްބޯޅައިގެ ހައި ޕާފޯމަންސް ސެންޓަރުތަކުގައި ޔޫކްރެއިންގެ ކުޅުންތެރިންނާއި ކޯޗުންނަށް ފުޓްބޯޅައިގެ އެކި ކަންކަން ފަހިވެގެންދާނެ އެވެ.

ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމަ އަށް މި މަހު ދެ އަހަރު ހަަމަވާނެ އެވެ. ޝެވްޗެންކޯ ބުނީ، ޔޫކްރެއިން ފުޓްބޯޅައިގެ މުސްތަގުބަލު ސަލާމަތުގެ އައްސޭރިއަކާ ހަމައަށް ގެންދިއުމަށް ޔޫރަޕްގެ ގައުމުތަކުން ދޭ އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.