Advertisement

ކާޑު ލިމިޓު ކުޑަކުރާކަށް އަދި ނުނިންމަން، އެކަމަކު ލިމިޓު މުރާޖައާކުރާނަން: ބީއެމްއެލް

12 ފެބުރުވަރީ 2024 - 13:23 0

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ އޭޓީއެމް ސެންޓަރަކުން ބަޔަކު ނިކުންނަނީ: ބޭންކުން ބުނަނީ ޑޮލަރު ރިޒާވު އިންތިހާއަށް ދަށް ކަމަށް -- އަދަދު ފައިލް ފޮޓޯ


ކާޑު ލިމިޓު ކުޑަކުރާކަށް އަދި ނުނިންމަން، އެކަމަކު ލިމިޓު މުރާޖައާކުރާނަން: ބީއެމްއެލް

12 ފެބުރުވަރީ 2024 - 13:23 0

ބޭރު ގައުމުތަކުގައި ބީއެމްއެލްގެ ކާޑުތަކުން މުއާމަލާތް ކުރެވޭ ވަކި ލިމިޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކުން މިހެން ބުނީ ޑޮލަރު ތާށިކަމުން ބޭންކުގެ ދިވެހި ރުފިޔާ ކާޑުތަކުން މުއާމަލާތް ކުރެވޭ ވަރު ލިމިޓުކުރަން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅޭގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދިން މީހާ ބުނީ 10 ޕަސެންޓު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ 90 ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފަ އެވެ.

ބީއެމްއެލްއިން ބުނީ ލިމިޓާ ގުޅޭ ނިންމުމެއް އަދި ނުނިންމި ކަމުގައި ވިޔަސް މިހާރު ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު މުރާޖައާ ކުރަމުންދާ ކަމަށެވެ.

"ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މިދަނީ މުރާޖައާކުރަމުން. އަދި މިހާތަަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅާ. އަދި އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑަނާޅާ" ބޭންކުގެ ރަސްމީ ޖަވާބުގެ ގޮތުގައި އޮފިޝަލަކު ބުންޏެވެ.

ބޭންކަށް ޑޮލަރު ތާށިވެގެން އުޅެނީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރާ ޑޮލަރުގެ އަދަދު މަދުވުމާ ގުޅިގެންނެވެ.