Advertisement

މެރަތަން ރެކޯޑް ހޯލްޑަރު ކިޕްޓަމް އެކްސިޑެންޓެއްގައި މަރުވެއްޖެ

12 ފެބުރުވަރީ 2024 - 12:13 0


މެރަތަން ރެކޯޑް ހޯލްޑަރު ކިޕްޓަމް އެކްސިޑެންޓެއްގައި މަރުވެއްޖެ

12 ފެބުރުވަރީ 2024 - 12:13 0

ނައިރޯބީ، ކެންޏާ (ފެބްރުއަރީ 12) - މެރަތަން ދުވުމުން ދުނިޔޭގެ ރެކޯޑް ހޯލްޑަރު، ކެލްވިން ކިޕްޓަމް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

މި ފަަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގެ ވެސް ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް، ކިޕްޓަމް މަރުވިއިރު، އުމުރަކީ 24 އަހަރެވެ.

ކިޕްޓަމް ދުއްވަމުންދިޔަ ކާރު އެކްސިޑެންޓްވީ، ކެންޏާގެ ކަޕްތަގަގުން އެލްޑޮރެޓް އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެކްސިޑެންޓްވިއިރު، ކާރުގައި ކިޕްޓަމްގެ ކޯޗު، ރްވާންޑާގެ ގާރްވައިސް ހަކީޒިމާނާ ވެސް އިނެވެ. އޭނާ ވެސް ވަނީ މި އެކްސިޑެންޓްގައި މަރުވެފަ އެވެ.

މި އެކްސިޑެންޓްގެ ސަބަބުން އަނިޔާވި، އަަންހެނަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކިޕްޓަމް، ދުނިޔޭގެ މެރަތަން ރެކޯޑް ހެދީ، މިދިޔަ އޮކްޓޫބަރު އެމެރިކާގެ ޝިކާގޯގައި ކުރިއަށްދިޔަ މެރަތަން، ދެ ގަޑިއިރާއި 00:35 އިން ނިންމައިގެންނެވެ. ދުނިޔޭގެ އެންމެ ބާރު މެރަތަން ދުވުންތެރިޔާގެ ރެކޯޑް ހެދިއިރު، ކިޕްޓަމްގެ އުމުރަކީ، 23 އަހަރެވެ.

ކިޕްޓަމް ވަނީ އޭޕްރީލް މަހު ލަންޑަން މެރަތަން ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން، 2022 ވަނަ އަހަރު ވެލެންސިއާގައި ބޭއްވި މެރަތަން އެއްގައި ވެސް ތަފާތު ދައްކައި، އެއް ވަނަ ހޯދި އެވެ.

ކެންޏާ އަށް އުފަން ގިނަ އެތުލީޓުންތަކެއް މީގެ ކުރިން ވެސް ވަނީ ޒުވާން އުމުރުގައި މަރުވެފަ އެވެ. އެ ގޮތުން، 2011 ވަނަ އަހަރު ކެންޏާގެ މެރަތަން ދުވުންތެރިޔާ، ސެމިއުލް ވަންޖީރޫ އަށް ދިން ހަމަލާއެއްގައި ވަނީ މަރުވެފަ އެވެ. އޭރު ވަންޖީރޫގެ އުމުރަކީ ވެސް 24 އަހަރެެވެ. އޭނާ އަކީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ޗެމްޕިއަނެވެ.

މީގެ ތިން އަހަރު ކުރިން، 2021 ވަނަ އަހަރު ކެންޏާގެ ދިގު ރާސްތާ ދުވުންތެރިޔާ، އަގްނޭސް ޓިރޯޕް ވަނީ ވަޅިން ދިން ހަމަލާއެއްގައި މަރާލައިފަ އެވެ. މަރުވިއިރު، އޭނާގެ އުމުރަަކީ 25 އަހަރެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ މިދިޔަ ނޮވެމްބަރު މަހު ކޯޓުން މިނިވަންކުރީ، ފުލުހުންގެ ތަަހުގީގުގައި ކުރިއެރުމެއް ނުލިބި، ހެކި ހޯދިފައިނުވާތީ އެވެ.

ކެންޔާ ފުލުހުންގެ ކޮމާންޑަރު ޕީޓާ މުލިންގޭ ވިދާޅުވީ، ކިޕްޓަމްގެ މި އެކްސިޑެންޓުގައި ގަސްދުގައި ހިނގި އަމަލެއްކަމަށް ޝައްކުކުރެވޭ ކަމެއް އަދި ނެތް ކަމަށެވެ.