Advertisement

ޔޫސުފް، ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލައިފި

1 ޖުލައި 2023 - 07:28 0

ގައުމީ އެތުލެޓިކްސް މުބާރާތެއްގައި ޔޫސުފް ދުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޔޫސުފް، ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލައިފި

1 ޖުލައި 2023 - 07:28 0

އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ކުރިއަށްދިޔަ މެރަތަން، "އެސިކްސް ހާފްމެރަތަން" ގައި ވާދަކޮށް، ރާއްޖޭގެ ކުޅަދާނަ ދުވުންތެރިޔާ، ޔޫސުފް އިބްރާހިމް ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުުރާލައިފި އެވެ.

"އެސިސްކް ހާފް މެރަތަން" ގައި ދުވެ، ޔޫސުފް ރޭސް ފުރިހަމަ ކޮށްފައިވަނީ 1 ގަޑިއިރާ 9 މިނިޓް 58 ސިކުންތުންނެވެ. މިއީ ދިގު ދުވުންތަކުގައި ވާދަކުރަމުން އަންނަ ޔޫސުފް މި ފަހުން ހޯދަމުން އައި ކުރިއެރުންތަކަށް ބަލާއިރު، ފާހަގަކޮށްލަން ޖެހޭ ކާމިޔާބެކެވެ.

ޔޫސުފް މި ރެކޯޑް ހެދުމުގެ ކުރިން، އެންމެ ފަހުން މި ރެކޯޑް މުގުރާލާފައިވަނީ މީގެ ހަތަރު އަހަރު ކުރިން 2019 ވަނަ އަހަރު، މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި، ރާއްޖޭގެ ޝިފާޒް މުހައްމަދު އެވެ.

އެ ފަހަރު ޝިފާޒް، ރެކޯޑް ހަދާފައިވަނީ 1 ގަޑިއިރާއި 10 މިނިޓް 55 ސިކުންތުންނެވެ. އެހެންކަމުން، ޔޫސުފް ރެކޯޑް މުގުރާލާފައި މިވަނީ ޝިފާޒަށް ވުރެ މިނިޓެއްހާއިރު އަަވަހަށް ރޭސް ފުރިހަމަކޮށްގެންނެެވެ.