Advertisement

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަންވަރަށް ލަންކާ ހައިކޮމިޝަނުގެ މަގާމެއް ދީފި

11 ފެބުރުވަރީ 2024 - 13:58 0

ނިމާ ހަސަން

ނިމާ ހަސަން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ސިމްވާރް; އޭނާއަށް ވަނީ ލަންކާ ހައިކޮމިޝަނުގެ މަގާމެއް ދީފައި


ސޯޝަލް މީޑިއާ އެކްޓިވިސްޓް އަންވަރަށް ލަންކާ ހައިކޮމިޝަނުގެ މަގާމެއް ދީފި

11 ފެބުރުވަރީ 2024 - 13:58 0

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަންވަރު (ސިމްވާރް) އަށް ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ މަގާމެއް ދީފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭނާއަށް ދީފައި ވަނީ ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ.

އޭނާއަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އަމިއްލައަށް ރާއްޖެއިން ބޭރަށް ގޮސް, އެއިރު އޮތް ވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރިވި އެކްޓިވިސްޓުންގެ ތެރެއިން އެކެކެވެ.

އެއަށްފަހު ޔާމީންގެ ވެރިކަން ބަދަލުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެންމެ ވަރުގަދައަށް އެމްޑީޕީގެ ސިޔާސަތުތައް ޕްރޮމޯޓް ކުރުމުގައި އުޅުނު އެކަކީ އަންވަރު އެވެ.

އެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ވެސް އޭނާ ހުއްޓެވެ. އަދި, ފަހުން ހަމަ އެ މަގާމުގައި ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރި އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން އުފެއްދި ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި އަންވަރު އިސްކޮށް ފެނުނެވެ. އަދި, ވަކި ހިސާބަކުން އެ މަގާމުން އިސްއިތުފާ ދިނުމަށް ފަހު އޭނާ މަސައްކަތް ކުރީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށެވެ.