Advertisement

ޓެރަރިޒަމްގެ ކުށުގައި އަމީނަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

11 ފެބުރުވަރީ 2024 - 11:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރާއްޖޭގައި އައިއެސް ޖަމާއަތް އިސްކޮށް ހިންގާ ކަމަށް ތުހުމަތު ކުރާ އަމީން؛ ޓެރަރިޒަމްގެ ކުށުގައި 27 އަހަރަށް ޖަލަށް ލާން ހުކުމްކުރި


ޓެރަރިޒަމްގެ ކުށުގައި އަމީނަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

11 ފެބުރުވަރީ 2024 - 11:04 0

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން މީގެ ތިން ކުރިން ކްރިމިނަލް ކޯޓުން އޭނާއަށް އިއްވި ޖަލު ހުކުމްތައް މިދިޔަ ހަފުތާ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކްރިމިނަލް ކޯޓުގެ ދެ ގަޒިއްޔާ ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަންގާރަ ދުވަހު ކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.

އަމީން 27 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 8، 2023 ގަ އެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް އަމީންގެ މައްޗަށް ތުހުމަތު ކުރެވުނެވެ. އޭރު އޭނާ ރާއްޖޭން ބޭރުގައި ހުއްޓައި، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެގެން ރާއްޖެ ގެނަ އެވެ. އެ ފަހަރު ބަންދުކުރުމަށް ފަހު، އަމީން ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.