Advertisement

ރެޝްފޯޑް "ޒިންމާދާރު" ވާން ޖެހޭ ކަމަށް ސޯލްޝެއާ ބުނެފި

10 ފެބުރުވަރީ 2024 - 10:05 0


ރެޝްފޯޑް "ޒިންމާދާރު" ވާން ޖެހޭ ކަމަށް ސޯލްޝެއާ ބުނެފި

10 ފެބުރުވަރީ 2024 - 10:05 0

މެންޗެސްޓާ (ފެބްރުއަރީ 10) - މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް، އޭނާގެ ހުނަރާ އެއްވަރަށް ކުރިއަރަން ބޭނުންނަމަ މިހާރަށް ވުރެ ބޮޑަށް އަމިއްލަ ނަފްސާ މެދު ވިސްނައި ޒިންމާދާރުވާން ޖެހޭ ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ސޯލްޝެއާ، ވަނީ ޔުނައިޓެޑަށް ކޯޗުކޮށްދިން އަހަރުތަކުގައި ރެޝްފޯޑަށް ނިސްބަތްކޮށް އަމާޒުވި ގިނަ ސުވާލުތަކަށް ޖަވާބުދީފަ އެވެ.

ދާދި ފަހުން، ރެޝްފޯޑް، ޔުނައިޓެޑްގެ ޕްރެކްޓިހަށް ނައިސް، ނައިޓް ކްލަބެއްގައި ދަންވަރު އުޅުނު މައްސަލައެއްގައި، އެ ކްލަބުން އޭނާ އަށް ފިޔަވަޅު އެޅި އެވެ. އެ މެޗުގެ ސްކޮޑުން ބާކީކޮށް ޖޫރިމަނާކުރިއިރު، އަލުން އެނބުރި ޓީމަށް އައި މެޗުގައި ރެޝްފޯޑް ގޯލު ޖެހި އެވެ.

ސޯލްޝެއާ ބުނީ، ރެޝްފޯޑްގެ ކަންކަން އޭނާ އަށް އެނގޭ ކަމަށާއި ތިން އަހަރު އެކުގައި މަސައްކަތް ކުރިއިރު، ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

ރެޝްފޯޑްގެ ވާހަކަ މި ވަގުތު ދައްކަން އޭނާ އަށް ރަސްމީ ހައިސިއްޔަތެއް ނެތް ކަމުގައި ވިޔަސް، ބައެއް ކަންކަން ފާހަގަކުރަންޖެހޭ ކަމަށް ފާހަގަކޮށް، ސޯލްޝެއާ ބުނީ، މިދިޔަ ސީޒަނުގައި ރެޝްފޯޑްގެ މޮޅު ކުޅުން ފެނިފައި މި ސީޒަނުގައި އެހާ ދަށްކޮށް އެދާ މައްސަލައާ މެދު ވިސްނަން ޖެހޭ ކަމަށެެވެ.

"މާކަސް (ރެޝްފޯޑް) އާއި އެހެން ބައެއް ކުޅުންތެރިން ވެސް އަސްލު ފެންވަރުގައެއް ނޫން މި ސީޒަނުގައި އެ ފެންނަނީ، މިދިޔަ އަހަރު އޭނަ (ރެެޝްފޯޑް) ހުރީ ވަރަށް ރަނގަޅަށް. އެކަމަކު، މި ފަަހަރު މި ފެންނަނީ އާދައިގެ ގޮތަކަށް،" ސޯލްޝެއާ ބުންޏެވެ.

"އަހަންނަށް ޔަގީން މި ފަހުން އެ ދިމާވި ކަންތަކަކީ އޭނާ އަށް ވޭކަޕް ކޯލެއް، އަހަރެން ދެކޭ ގޮތުގައި ރެޝްފޯޑްގެ އަތްމަތީގައި އޭނާގެ ހުނަރުގެ ބޭނުންކުރުން އޮތީ، ޔަގީންކަމެއް، އޭނަ ޒިންމާދާރުވެގެން، އަސްލު އެ ހުނަރުގެ ލެވަލަށް ދެވޭނީ،"

ސޯލްޝެއާ ބުނީ ރެޝްފޯޑްގެ ކެރިއަރަށް ބަލާއިރު، އެއް ލެވަލެއްގައި ގިނަ މެޗުތަކެއްގައި ކުޅެވިފައިހުރީ މަދު ސީޒަންތަކެއްގައި ކަމަށާއި އެކަން އޭނާ ރަނގަޅުުކުރަން ޖެހޭ ކަމަށެވެ.

މިދިޔަ ސީޒަންގައި ރެޝްފޯޑް ހުރިހާ މުބާރާތެއްގައި ކުޅުނު، 56 މެޗުން 30 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. މި ސީޒަނުގެ މިހާތަނަށް ރެޝްފޯޑަށް 28 މެޗުން ޖެހުނީ ފަސް ލަނޑެވެ. ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.