Advertisement

ފެނަކަ ޑިޖިޓަލް ކުރަން 250 ކޮމްޕިއުޓަރު ހޯދަނީ

8 ފެބުރުވަރީ 2024 - 09:36 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގދ. ތިނަދޫ ފެނަކަ އޮފީސް -- ފޮޓޯ: އަދަދު


ފެނަކަ ޑިޖިޓަލް ކުރަން 250 ކޮމްޕިއުޓަރު ހޯދަނީ

8 ފެބުރުވަރީ 2024 - 09:36 1

މާލީ ހާލަތު ދަށްވެފައިވާ ފެނަކަ ކޯޕަރޭޝަނަށް 250 ކޮމްޕިއުޓަރު ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ހޯދަނީ ކުންފުނި ޑިޖިޓަލްކޮށް، ހަރަދު ކުޑަކުރުމަށް ކަމަށެވެ.

"ރަށްރަށުގައި [ފެނަކަ ކޯޕަރޭޝަންގެ] އޮފީސްތައް ހަދާފައި ހުއްޓަސް އެ ތަންތަނަށް އެކަށީގެންވާ ކޮމްޕިއުޓަރު ހޯދާފައެއް ނެތް. ވަކިވަކިން ކޮމްޕިއުޓަރު ފަދަ ތަކެތި ގަތުމަކީ ހަރަދު ވެސް ބޮޑު ކަމެއް. އެހެންވެ ބޭނުންވާ ކޮމްޕިއުޓަރު އެއް ފަހަރާ ގަންނަން ނިންމީ،" މުއާޒު ވިދާޅުވި އެވެ.

"ޑިޖިޓަލް ކުރުމުން ކަރުދާހާއި ކާޓްރިޖަށް ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. އެއީ މި އިންވެސްޓުމެންޓުގެ ސަބަބުން ރައްކާކުރެވޭ ފައިސާ."

ކޮމްޕިއުޓަރުތައް ހޯދުމަށް ހިނގާނީ ލަފާ ކުރެވޭ ގޮތުގައި 2.5 މިލިއަން ރުފިޔާ ކަމަށް މުއާޒު ވިދާޅުވި އެވެ. އެއީ ކޮމިއުޓަރަކަށް 10،000ރ. އެވެ.

ގެޒެޓުގައި ބުނެފައިވާ ގޮތުން މި ބީލަމުގައި ބައިވެރިވުމަށް މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހަށް ރަޖިސްޓްރީކުރަންޖެހެ އެވެ. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 15 ގަ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1،000 އެމެރިކާ ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ އެވެ.

މާލީ ހާލަތުގެ ސަބަބުން ކުރިއަށް އޮތީ ތަދު ދުވަސްތަކެއް ކަމަށް މި ހަފުތާގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.