8 ފެބުރުވަރީ 2024 - 09:54 0
ލީވާން އަލީ ނާސިރު
ދިވެހި ލޯބީގެ ފިލްމު "ނޮވެމްބަރު" އަންނަ ބުދަ ދުވަހު ވީޑިއޯ ކްލަބުގައި އަޅުވަނީ -- ފޮޓޯ: ޑާކްރެއިން
8 ފެބުރުވަރީ 2024 - 09:54 0
އޮލިމްޕަސް ސްކްރީންގައި ދާދި ފަހުން އަޅުވައިގެން ބޮޑު ތަރުހީބެއް ލިބުނު "ނޮވެމްބަރު" ފިލްމު އަންނަ ބުދަ ދުވަހު މީޑިއާނެޓްގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ޑާކްރެއިން އިން ބުނެފި އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ނޮވެމްބަރު" ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ވީޑިއޯ ކްލަބްގެ އެމް-އޮރިޖިނަލްސް ބެނާގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ފިލްމު "މަރިޔަމް" ގެ ބަތަލާގެ ރޯލުންވެސް ފެނިގެންދިޔަ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް ފެނިގެންދާއިރު، ފިލްމުގެ ހާއްސަ ރޯލަކުން ފިލްމީ ތަރި އިސްމާއިލް ވަޖީހުވެސް ފެނިގެންދެ އެވެ.
މާލެ، ލ.އަތޮޅު އަދި ސިންގަޕޫރުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ، ރީތި ލަވަތަކެއް ހިމެނޭ އަދި ޑާކްރެއިން އިން އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ފިލްމެވެ.
މި ފިލްމު ވީޑިއޯ ކްލަބަށް ލާ، ފެބްރުއަރީ، 14 އަކީ ޑާކްރެއިންގެ އަހަރީ ދުވަހެވެ.
އެމް އެސް ވީޑިއޯ ކްލަބުން ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ. އެގޮތުން އެމް-އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތައް ކަމުގައިވާ ފިލްމާއި ސީރީޒް އެ ޕްލެޓްފޯމް މެދުވެރިކޮށް އަންނަނީ ދިވެހިންނަށް ގެނެސްދެމުންނެވެ.
މީޑިއާނެޓުގެ އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބް ހިދުމަތަށް ސަބްސްކްރައިބް ކުރެވޭއިރު، އެންޑްރޮއިޑް ސްމާޓް ޓީވީ ގެންގުޅޭ ފަރާތްތަކުން ޑީކޯޑަރަކާ ނުލާ ސީދާ އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކޮށްގެންވެސް ވީޑިއޯ ކްލަބްގެ ކޮންޓެންޓް ބަލާލެވެ އެވެ.
ހަމައެހެންމެ އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން އެމްއެސް ޓީވީގެ ވީޑިއޯ ކްލަބްގެ ކޮންޓެންޓްތައް ބަލާލެވެ އެވެ.
ވީޑިއޯ ކްލަބުން އަންނަނީ ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް ކޮންޓެންޓް ލައިބްރަރީގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ޒީ-ފައިވް އޮރިޖިނަލްސްގެ ސީރީޒްތަކުގައި އެހެނިހެން ހިންދީ، އިނގިރޭސި އަދި ޓާކިޝް ސީރީޒް އާއި ކާޓޫން ސީރީޒްތައް ހިމެނެ އެވެ.
މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް މެދުވެރިކޮށް ވީޑިއޯ ކްލަބް ސަބްސްކްރިޕްޝަނެއް ނަގާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Comment