ސިފައިން ބާލާ ވާހަކަ ދައްކަވަމުން ރައީސް މިހާރު ވިދާޅުވަނީ ރުންކުރުވެގެން ކަންކަން ހާސިލު ނުވާނެ ކަމަށް

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން: ވިދާޅުވީ ކަންކަން ހާސިލުވާނީ އޮންނަ އުސޫލަށް މަސައްކަތްކޮށްގެން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން: ވިދާޅުވީ ކަންކަން ހާސިލުވާނީ އޮންނަ އުސޫލަށް މަސައްކަތްކޮށްގެން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ވާހަކަ ދައްކަވަމުން، ރުންކުރުވެގެން ކަންކަން ހާސިލު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"ރުންކުރު އުސޫލު ބޭނުންކޮށްގެން" ކަންކަން ހާސިލު ނުވާނެ ކަމަށް ތ. ވޭމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޗައިނާއަށް ކުރެއްވި ދަތުރަށްފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި އޮއްވަ އެވެ.

"މިއީ ރީތިކޮށް ވާހަކަ ދައްކައިގެން، އަޅުގަނޑުމެންގެ ގައުމަކީ މިނިވަން ޑިމޮކްރެޓިކް ގައުމެއްކަން އެންމެނަށް ވެސް ގަބޫލު ކުރެވޭ ގޮތަށް ރަނގަޅަށް ކިޔައިދީގެން ހާސިލު ކުރެވޭ ކަންކަން،" ވޭމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ. "ރުންކުރު އުސޫލު ބޭނުންކޮށްގެނެއް ކަންކަމެއް ހާސިލެއް ނުވާނެ."

ރައީސް ވިދާޅުވީ ކަންކަން ހާސިލުވާނީ ކަންކަން އޮންނަ އުސޫލުން މަސައްކަތް ކޮށްގެން ކަމަށެވެ.

"ވަރަށް ފަސޭހަވާނެ ދުރުގައި ހުރެގެން ގޮތް ކިޔަން، ގޮތްފާޑު ކިޔަން. އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް. އެކަމަކު ކަންކަމުގެ ހަގީގަތް އެ ގޮތްފާޑު ކިޔާ ކިޔުމަކުންނެއް ގެއްލިގެނެއް ނުދާނެ. ކަންކަން ކުރަން އޮންނަ ގޮތަށް ކުރީމަ ކަންކަން ހާސިލުވާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޖެނުއަރީ 13، ގައި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އިންޑިއާގެ ސަފީރު މުނޫ މަހާވަރުގެ ހާޒިރުގައި ރައީސް އިނގިރޭސި ބަހުން ވިދާޅުވީ "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ" ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" އެ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވެފައި އޮތީ ކުރީގެ ސަރުކާރުގައި "އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން" ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުމެއް ނެތި" ކަމަށެވެ.

އިންޑިއާއަށް ދެއްވި ބަހުގެ ހަމަލާތަކަށްފަހު، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުވި އެވެ. ރައީސް އެ ދުވަހު ވާހަކަ ދެއްކެވީ ޑިޕްލޮމަސީގެ އެންމެ ރީތި އުސޫލުން ނޫން ކަމަށް ބައެއް މީހުން ފާހަގަ ކުރި އެވެ.

ނަމަވެސް ރޭ ވޭމަންޑޫގައި ރައީސް ވިދާޅުވީ އެއްވެސް ގައުމަކާ އެމަނިކުފާނު ދުޝްމަނު ނޫން ކަމަށެވެ. ސަރުކާރުގައި އެ ލޭބަލް އަޅުވަން އުޅެނީ އެހެން ބައެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެނެއް ނޫޅެން ދުޝްމަން ވެގެނެއް. އެ ދުޝްމަންކަން އުފައްދަން އެހެން ބަޔަކު މި ބޭނުންވަނީ. އެ ލޭބަލް ކުރުވަން ބޭނުންވަނީ. އަޅުގަނޑު ދައްކާ ވާހަކައެއް ދައްކަނީ ވަރަށް ސާފުކޮށް، ސީދާކޮށް، އޭގަ ދެ ވަނަ މާނައެއް ނުނެގޭހާ ސާފުކޮށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox