Advertisement

ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނިކުރަން ތިން ނަމެއް މަޖިލީހަށް ފޮނުވައިފި

7 ފެބުރުވަރީ 2024 - 11:10 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ސިވިލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން: މިހާރު ކޮމިޝަނުގައި ތިބީ ހަތަރު މެމްބަރުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނިކުރަން ތިން ނަމެއް މަޖިލީހަށް ފޮނުވައިފި

7 ފެބުރުވަރީ 2024 - 11:10 0

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް މެމްބަރަކު އައްޔަން ކުރުމަށް ތިން ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ސީއެސްސީގެ ހުސް ވެފައިވާ މެމްބަރުކަމަށް މެމްބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތިން ނަމަކީ:

  1. އަބްދުލްހަސީބު އިސްމާއީލް - ދަފްތަރު. ނަމްބަރު ރސ 7505
  2. ފާތިމަތު ހަބީބާ - ދަފްތަރު. ނަމްބަރު ރސ 9472
  3. މަރިޔަމް ޝާހިދާ - މއ. ފޮރެސްޓް

ނަން އިއްވުމަށް ފަހު މަޖިލީހުގެ ރިޔާސަތުން ވަނީ މި ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތިމަތު އާމިރާގެ ދައުރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަމަ ވުމުންނެވެ.

އަމީރާގެ ދައުރު ނިމުމާ ގުޅިގެން ސީއެސްސީގައި މި ވަގުތު ތިބީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މުހައްމަދު ނަސީހު، ނައިބު ރައީސް އިބްރާހިމް ރަޝީދު، މެމްބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެމްބަރު ފާތިމަތު ޝަރީފެވެ.