Advertisement

ކޮވިޑް އަށްފަހު ސްރީލަންކާ އަށް ދާ ދިވެހިންގެ އަދަދު އަދިވެސް ދަށުގައި: ތަފާސް ހިސާބު

6 ފެބުރުވަރީ 2024 - 08:43 1

އަހުމަދު ސައީދު

އަހުމަދު ސައީދު

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އޮންނަ ޕެޓާ ބާޒާރުގެ މަގެއް: ދިވެހިން އެންމެ ގިނައިން ލަންކާ އަށް ދަނީ ޑިސެމްބަރު މަހު -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ކޮވިޑް އަށްފަހު ސްރީލަންކާ އަށް ދާ ދިވެހިންގެ އަދަދު އަދިވެސް ދަށުގައި: ތަފާސް ހިސާބު

6 ފެބުރުވަރީ 2024 - 08:43 1

ކޮވިޑް-19 ގެ ކުރިއާ އަޅާބަލާއިރު، ސްރީލަންކާ އަށް ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ދިވެހިންގެ އަދަދު އަދިވެސް އިތުރުނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ދިވެހިން ލަންކާ އަށް ދަތުރުކުރި ވަރާއި ގާތަށްވެސް މިހާރު ދިވެހިން ލަންކާ އަށް ދަތުރެއް ނުކުރެ އެވެ. ކުރުމުއްދަތަށް ބޭސް ފަރުވާ އަށް ލަންކާ އަށް ދާ ދިވެހިން ގިނައިން އެތެރެވަނީ ޓޫރިސްޓުންގެ ގޮތުގަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު، 60،278 ދިވެހިން ޓޫރިސްޓުންގެ ގޮތުގައި ލަންކާ އަށް ގޮސްފައިވެ އެވެ. އެ އަހަރު އެންމެ ގިނަ ދިވެހިން ދިޔައީ ޑިސެމްބަރު މަހު އެވެ. އެއީ 9،033 މީހުންނެވެ.

ރާއްޖެ އާ އެންމެ އަވަށްޓެރި ލަންކާ އަށް 2018 ވަނަ އަހަރު 76،108 ދިވެހިން ދަތުރުކޮށްފައިވެ އެވެ. އޭގެ އެތެރެއިން 12،054 މީހުން ލަންކާ އަށް ގޮސްފައިވަނީ ޑިސެމްބަރު މަހު އެވެ.

ކޮވިޑް-19 އަށްފަހު ލަންކާ އަށްދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްދިޔައިރު، މިދިޔަ އަހަރު ލަންކާ އަށް ގޮސްފައިވަނީ 37،328 ދިވެހިންނެވެ. އޭގެ ކުރީ އަހަރު 18،880 މީހުންނެވެ.

ކޮވިޑް އަށްފަހު، ލަންކާގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުން ތަކާއި ގުޅިގެން އެ ގަގުމުގެ ޓޫރިޒަމް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އިގްތިސާދީ މައްސަލަތަކާއި ގުޅިގެން ލަންކާގައި ހަމަނުޖެހުން ބޮޑުވެ އެ ގައުމުގައި ދިރިއުޅެމުން ދިޔަ ބައެއް ދިވެހި އާއިލާތަކުން އަނބުރާ އަންނަން ޖެހުނެވެ.