Advertisement

ނުކުޅެދޭ މީހުންނަށް ހާއްސަކޮށް 500 ފްލެޓް އަޅަނީ

5 ފެބުރުވަރީ 2024 - 09:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސަރުކާރުން ހުޅުމާލެ ފޭސް 2 ގައި ހިންގާ ފްލެޓް ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރިއަށް ދަނީ: ނުކުޅެދޭ މީހުންނަށް ހާއްސަ 500 ފްލެޓު އަޅާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނުކުޅެދޭ މީހުންނަށް ހާއްސަކޮށް 500 ފްލެޓް އަޅަނީ

5 ފެބުރުވަރީ 2024 - 09:50 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް 500 ހައުސިން ޔުނިޓް ގާއިމުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވައުދުވެވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހިކޮށްދޭނެ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވަނީ ފެށިފައި." އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އަލަށް ފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ނިންމާފައިވާ ކަން ވެސް އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

ރަސްމާލެ ތަރައްގީކޮށް، މާލޭ ސަރަހައްދުން ގޯތި ބޭނުންވާ އެންމެނަށް ގޯތިކަށަވަރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، އެ ސަހަރުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، މަޝްރޫއު އަދި ހަވާލެއް ނުކުރެ އެވެ.

ކުރީގެ ސަރުކާރުން ފަށައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ 4،000 ހައުސިން ޔުނިޓު ހަވާލުކުރުން ވަނީ ހުއްޓުވައިފަ އެވެ.