Advertisement

އެމްބާޕޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ: ރިޕޯޓް

4 ފެބުރުވަރީ 2024 - 10:18 0


އެމްބާޕޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ: ރިޕޯޓް

4 ފެބުރުވަރީ 2024 - 10:18 0

މެޑްރިޑް (ފެބްރުއަރީ 4) - ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ މި ސީޒަން ނިމުމުން ރެއާލަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެމްބާޕޭއާ އެކު ޕީއެސްޖީ އިން ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އެއާ އެކު އެމްބާޕޭ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. މިދިޔަ ސީޒަނުގެ ފަހު ކޮޅުވެސް އެމްބާޕޭ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް އިވުނެވެ. އެކަމަކު، އެ ފަހަރު ރެއާލާއި އެމްބާޕޭ ވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމްބާޕޭ އަންނަ ހަފުތާގައި އޭނާ ރެއާލަށް ބަދަލުވާނެ ކަން ހާމަކުރާނެ އެވެ.

އެމްބާޕޭ ގެ ކޮންޓްރެކްޓް އާކުރަން ޕީއެސްޖީ އިން އެމްބާޕޭގެ މުސާރަ ބޮޑު ކުރަން ވެސް ހުށަހެޅި އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީ އިން ފަހުން ހުށަހެޅި ކޮންޓްރެކްޓާއެކު އެމްބާޕޭ އަށް މުސާރައިގެ ގޮތުގައި 77.8 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެކަމަކު، އެ ހުށަހެޅުމަށް ވެސް އެމްބާޕޭ ވަނީ ނޫނެކޭ ބުނެފަ އެވެ.

ރެއާލުގެ އެއްބަސްވުމަށް އެމްބާޕޭ އާ ބަސް ބުނެފައިވީ ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އެމްބާޕޭ އެއްބަސްވެފައިވަނީ ރެއާލަށް ބަދަލުވާން މިހާރު ޕީއެސްޖީ އިން ލިބޭ މުސާރައިގެ ޑަބަލް ކުޑަ އަގަކަށެވެ.

ފްރާންސްގެ ލެޖެންޑް ޒިނެދިން ޒިދާން އަދި ރެއާލުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އައިޑޮލައިޒް ކުރަމުން އަންނަ އެމްބާޕޭ އަށް މީގެ ކުރިން ތިން ފަހަރުގެ މަތިން ރެއާލުން ވަނީ ހުށަހެޅުންތައް ހުށަހަޅާފަ އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް އެމްބާޕޭ ވަނީ ރެއާލުގެ ހުށަހެޅުންތަކަށް ފުރަގަސްދީ ޕީއެސްޖީއާ އެކު ކުރިއަށް ދިޔުމަށް ނިންމައިފަ އެވެ.

އެމްބާޕޭ އެއްބަސްވުން އައު ނުކޮށްފި ނަމަ ޕީއެސްޖީ އިން ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕްލޭން ބީ އާއެއްގޮތައް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ، އޭސީ މިލާންގެ ޒުވާން ފޯވާޑް ރަފެއަލް ލެއާއޯ ހޯދުމަށް ބިޑްކޮށްގެންނެވެ. އެކަމަކު، ލެއާއޯ ވަނީ މީގެ ކުރިން އޭސީ މިލާނުގައި ގިނަ ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ލެއާއޯގެ ހުވަފެނަކީ އޭސީ މިލާންގެ ކެޕްޓަންކަން ކުރުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.