Advertisement

ޗައިނާއަށް ޖާސޫސް ކޮށްދޭ ކަމަށް ތުހުމަތު ކުރެވުނު ކޮތަރު މިނިވަންކޮށްފި

3 ފެބުރުވަރީ 2024 - 08:21 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކޮތަރު މިނިވަންކުރުން -- ފޮޓޯ: ހިންދުސްތާން ޓައިމްސް


ޗައިނާއަށް ޖާސޫސް ކޮށްދޭ ކަމަށް ތުހުމަތު ކުރެވުނު ކޮތަރު މިނިވަންކޮށްފި

3 ފެބުރުވަރީ 2024 - 08:21 1

ޗައިނާއަށް ޖާސޫސް ކޮށްދޭ ކަމަށް ބެލެވުނު ކޮތަރު މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއާ ހަވާލާދީ އޭޕީން ބުނީ ކޮތަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މުމްބާއީގެ ޕޯޓެއް ކައިރިން ކަމަށާއި، އޭތި އަތުލައިގަތް އިރު ދެ ފައިގައި އޮތް ރިންގުގައި ޗައިނާ ބަހާ ވައްތަރު ބަހަކުން ލިޔެފައިވާ ކަމަށެވެ.

ފުލުހުން ފުރަތަމަ ތުހުމަތު ކުރީ އެއީ ޖާސޫސް ކޮށްދިނުމަށް އެހީތެރިވެދޭ ކޮތަރެކެވެ. ނަމަވެސް ފަހުން ބެލި ބެލުމުން އެ ކޮތަރަކީ ޓައިވާންގެ އޯޕަން ވޯޓާ ރޭސިންއަށް ބޭނުންކުރި ކޮތަރެއްކަން އެނގިފައިވާ ކަމަށެވެ.

ތަހުގީގަށް ފަހު، ފުލުހުންގެ ހުއްދައާއެކު މުމްބާއީގެ ސޮސައިޓީ ފޯ ޕްރިވެންޝަން ކްރުއެލްޓީ ޓު އެނިމަލްސްއަށް އެ ކޮތަރު ބަދަލުކޮށް، މިދިޔަ ބުދަ ދުވަހު ވަނީ ކޮތަރު ދޫކޮށްލާފަ އެވެ.

މީގެ ކުރިންވެސް އިންޑިއާގައި ޖާސޫސް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ކޮތަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނުރައްކާވާފަދަ ވާހަކަތަކެއް ހިމެނޭ ނޯޓެއް ހިފައިގެންދިޔަ ކޮތަރެކެވެ.