1 ފެބުރުވަރީ 2024 - 13:52 0
މުހައްމަދު ނަސީމް
1 ފެބުރުވަރީ 2024 - 13:52 0
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިނީ އޭނާއަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުން ހުއްޓާލައިފައި އޮތް ވަގުތެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކޯޓުގައި ކުރިއަށް ދިޔަ މައްސަލައަކާ ގުޅިގެން ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށް ފަހު ތަންކޮޅެއް ކުރީގައި ޝަމީމަށް ސެކިއުރިޓީ ހިދުމަތް ދިން ކަމަށެވެ. އެހެން ނަމަވެސް އޭރު އޮތް ހާލަތު ނިމުމުން އެ ހިދުމަތް ދިިނުން ހުއްޓާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތަންކޮޅެއް ކުރީގައި، އެ ދުވަސްވަރު ކޯޓުގައި ހިނގި މައްސަލައަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ހެދި ތުރެޓް އެސެސްމެންޓެއްގައި ޕީޖީއަށް ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދެވެމުން ދިޔަ. އެހެން ނަމަވެސް އެއަށް ފަހު، އެކަން ނިމުނީމާ ސެކިިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ،" ޝުޖާއު ވިދާޅުވި އެވެ.
ސީޕީ މިހެން ވިދާޅުވި އިރު ހަމަ އެ ބައްދަލުވުމުގައި ފުލުުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެކްޓިން ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ ޕީޖީ ޝަމީމަށް ހަމަލާ ދިން އިރު ޝަމީމްގެ ހަށިފާރަވެރިން ނެތީ އޭނާ ކުރެއްވި މެސެޖެޖަކާ ގުޅިގެން ކަމަށެވެ.
އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު. ފޮޓޯ: ފުލުހުންގެ އިދާރާ
"މިހާދިސާ ހިނގި ވަގުތަކީ އެ ވިދާޅުވިހެން، އެ ހަށިފާރަވެރިންނެއް އެ ވަގުތަކު ވަޑައިގެންނެއް ނޫޅުއްވާ. އަަޅުގަނޑަކަށް މައުލޫމާތު ލިބިފައިވާ ގޮތުން ވިއްޔާ އަމިއްލަފުޅަށް ދެއްވި މެސެޖަކާ ގުޅިގެން އެކަން އެގޮތަށް ހިނގާފައި އޮތީ ވެސް،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަމީމަށް ރައްކާތެރިކަން ދިނުމުގެ ހުރިހާ އިންތިޒާމެއް މިހާރު ވަނީ ހަމަަޖައްސައިފަ އެވެ.
ނާފިޒު ދެއްވި އެ މައުލޫމާތުގެ އިތުރު ތަފްސީލު ހޯދަން "އަދަދު" އިން ސުވާލު ކުރުމުން ޝުޖާއު ވިދާޅުވީ އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment