Advertisement

ޝަމީމަށް ދިން ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފި

31 ޖަނަވަރީ 2024 - 20:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ޝަމީމަށް ދިން ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފި

31 ޖަނަވަރީ 2024 - 20:08 0

ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމްއަށް މިއަދު ދިން ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި އެ ކޮމިޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ތަހުގީގު އަވަސް ކުރަން ގޮވައިލާ ކަމަށެވެ.

"މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސަސްއިން މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަން," އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"އަދަދު" އަށް އެނގިފައި ވާގޮތުގައި ޝަމީމްއަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭނާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ވަނީ މިހާރު ގެއަށް ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.