Advertisement

ރައީސްގެ ވައުދާ އެއްގޮތަށް ޑޮލަރު ލިމިޓު ބޮޑެއް ނުކުރެވުނު

31 ޖަނަވަރީ 2024 - 11:19 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ގަޑިއަށް ބައްލަވަމުން ހިންގަވަނީ. ޑޮލަރު ލިމިޓު ބޮޑުކުރުމުގެ ފަހު ތާރީހަކީ މިރޭ 00:00 --- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ވައުދާ އެއްގޮތަށް ޑޮލަރު ލިމިޓު ބޮޑެއް ނުކުރެވުނު

31 ޖަނަވަރީ 2024 - 11:19 2

ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު ފެބްރުއަރީން ފެށިގެން މަތި ކުރުމަށް ސަރުކާރުން ނިންމާފައިވާ ގޮތަށް 1200 ޑޮލަރަށް ލިމިޓު މަތި ނުކުރެވޭނެކަމަށް "އަދަދު"އަށް މައުލޫމާތު ލިބިއްޖެ އެވެ.

ކިޔަވާ ކުދިންނަށް މިހާރު ނެގޭ 750 ޑޮލަރު ބޮޑުކުރަން ކެބިނެޓުން ނިންމީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ޑިސެމްބަރު 25, 2023 ގައި އޮތް ކެބިނެޓު ބައްދަލުވުމުގައި ނިންމާފައި ވަނީ ފެބްރުއަރީ 1, އިން ފެށިގެން އެ އަދަދު 1,200 ޑޮލަރަށް މަތި ކުރުމަށެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މާދަމާއިން ފެށިގެން ޑޮލަރު ލިމިޓު ބޮޑު ނުކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ސަރުކާރަށް އަންގާފަ އެވެ. އެކަމަކު ބޭންކުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ސަރުކާރުން ބުނީ އަމިއްލަ ގޮތުން ގޮސް ތިބި ކުދިންނާއި ސަރުކާރުގެ ހަރަދުގައި ގޮސް ތިބި ކުދިންނަށް ވެސް އެ ފަސޭހަ ލިބިގެންދާނެ ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވެ އެވެ.

ބީއެމްއެލްއަށް ޑޮލަރު ތާށިކަން ހައްލުނުވަނީސް ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭ ލިމިޓު މަތިނުކުރެވޭނެ ކަމަށް މައުލޫމާތި ލިބިފައިވެ އެވެ. މިކަމާ ހުރެ މި މަހުގެ ކުރީކޮޅުން ފެށިގެން ވިޔަފާރިވެރިން ބޭރު ގައުމުތަކަށް ކުރާ ޓީޓީތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ނުލިބެ އެވެ.

ބޭންކަށް ޑޮލަރު ނުލިބުމުގެ މައްސަލަ ގުޅެނީ ޑޮލަރުގެ ކަޅު ބާޒާރާ އެވެ. މި މައްސަލަ ހައްލުކޮށް، ބޭންކުތަކަށް ޑޮލަރު ވަންނަ ގޮތެއް ވެގެން ނޫނީ ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުނުވާނެ ކަމަށް ބީއެމްއެލްގެ ވެރިންނާއި އިގުތިސޯދީ މާހިރުން އަންނަނީ ބުނަމުންނެވެ.