Advertisement

އެމްޑީޕީން ބުނަނީ ޝަހީމަށް ރުހުން ނުދިނީ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު އޮތުމުން ކަމަށް

30 ޖަނަވަރީ 2024 - 15:45 4

އަހުމަދު އާއިދު

އ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވަޒީރުކަމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީން ބުނަނީ ޝަހީމަށް ރުހުން ނުދިނީ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު އޮތުމުން ކަމަށް

30 ޖަނަވަރީ 2024 - 15:45 4

Advertisement

Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ރުހުން ނުދޭން އެމްޑީޕީއިން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ކުރެވޭތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ، ރުހުން ދިނުމުގެ މައްސަލާގައި ކޮންމެ ވަޒީރަކާ ގުޅޭގޮތުން ވެސް ޕީޖީ ބައްދަލުވުމުގައި ތަފުސީލީ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

Advertisement

އެގޮތުން, ޝަހީމަށް ރުހުން ނުދޭން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތުކޮށް އެމްޑީޕީގެ ބައެއް މެންބަރުން ހުށަހެޅި ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގެ ތެރޭގަ، ކުރިން [ޝަހީމްގެ] ހިއްސާ އޮތް، އެ ހިއްސާ ބަދަލުކުރުމަށްފަހު އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފަ އޮތްކަމުގެ ތުހުމަތުތައްވެސް ޕީޖީ ގްރޫޕުގެ އެކި އެކި ބޭފުޅުން ހިއްސާކޮށްފަ އެބަހުރި"

އޭގެ އިތުރަށް ބިގޭ ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަޒީރަކަށް ރުހުން ނުދޭން ނިންމީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށް އެ ކަންކަމާމެދު މަޝްވަރާކުރުމަށްފަހު މެޖޯރިޓީއިން އެގޮތަށް ފާސްވުމުން ކަމަށެވެ.

Advertisement

ޑރ.ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ. ޝަހީމްގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށްވެސް މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފަ އެވެ.

ސިޔާސީ ތޫފާނުގައި އަންނަ ރޯޅީގައި ބަލިކޮށް ނުލެވޭނެ: ޝަހީމް

ޝަހީމަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމުމުން ރައީސް މުއިއްޒު ނިންމެވީ އަލުން އޭނާ އެ މަގާމަށް އައްޔަނުކުރަން.

ސިޔާސީ ތޫފާނުގައި އަންނަ ރޯޅީގައި ބަލިކޮށް ނުލެވޭނެ: ޝަހީމް

ޝަހީމަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމުމުން ރައީސް މުއިއްޒު ނިންމެވީ އަލުން އޭނާ އެ މަގާމަށް އައްޔަނުކުރަން.

ޑރ. ޝަހީމު އަލުން އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރުމާއެކު އެ ވުޒާރާގައި މިއަދު ވަނީ ހާއްސަ ހަފުލާއެއްވެސް ބާއްވާފަ އެވެ. މަރުހަބާ ދެންނެވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، އެ މިނިސްޓްރީއަކީ އިސްލާމްދީނާއި ދިވެހި ގައުމުގެ ހިދުމަތުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މިނިސްޓްރީއެއް ކަމަށެވެ.

"ސިޔާސީ މާހައުލުގައި އުޅޭއިރު މިކަހަލަ ކަންކަމާ ދިމާވާނެ، އެކަމުގައި ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް، ހަގީގީ އިތުބާރަކީ މުޅިން ތަފާތު އިތުބާރެއް، އެއީ ރައްޔިތުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސޯޝަލް މީޑީޔާގައި އާންމުން ބަންޑުން ކުރަމުން ދިޔަ ޝުއޫރުތަކުން އޭނާއަށް ހިތްވަރު ލިބިގެން ދިޔަ ކަމަށެވެ. އަދި، ރުހުން ނެތް ކަމުގެ ވޯޓު ނެގުނު ގަޑިއަކީ މިނިސްޓްރީގެ އެކްޝަން ޕްލޭން އިފްތިތާހުކުރި ވަގުތާ އިއްތިފާގު ވުމުން އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

50.00%

0.00%

50.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އީސަ

about 1 year ago

ލާދީނީ ބައިގަޑައް ހަޖަމްނުވީ އެހެންކަމެއް ވެގެންނެއްނޫން ތިޔާއުޅެނީކީ

ހަންނި

about 1 year ago

ކަރަޕްޝަނުގެ ތުހުމަތުގެ އިތުރުން ޑރ. އަފްރާޝީމުގެ މަރާގުޅޭ ތަހުގީގު ރިޕޯޓުން ދޭހަވަނީ ޝަހީމު އިތުރުފުޅު ހައްދަވާފައިވާކަމަށް. އެކަމާގުޅިގެން ޝަހީމު ޖަވާބުދާރީ ނުވަނީސް ދައުލަތުގެ އެއްވެސް މަގާމެއް ދޭކަށްނުފެނޭ.

ޢަހުމަދު

about 1 year ago

ޑިމޮކްރެޓްސްގެ އިލެކްޓެޑް މަތީ ވެރިއެއްބުނީ މުއިޒޒު އަށް ޥޯޓު ދިނީމަ އަނނިގެ އެކަކަށްވެ މިސަރުކާރުން ވަޒީފާ ނުދިނޭ. ﷲ ހައްގގަށް ނަސްރު ދެއްވާނެ.

ާއަހުމަދު

about 1 year ago

ޢެއްވެސް ހެެއްކެއް ނުދެއްކުނީ ކީއްވެ؟ ޝަހީމް ވަނީ ކުރިންވެސް އެމްޑީޕީ އިން ޑިފޭމްކޮހ ފުރައްސާރަ ކޮށްފަ. ޙަގީގަތާއި ޚިލާފު ހުޖަތު ތިދައްކަނީ